ޖިނާއީ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ޢާންމުން ނުކުމެ ޤާނޫނު ތަންފީޒުކުރާ ކުރުން ހުއްޓުވަންޖެހޭކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.
ޝަމީމް މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ޝަމީމް ވިދާޅުވީ ޢާންމުން ނުކުމެ ޤާނޫނު ތަންފީޒުކުރާ މައްސަލައާމެދު ކަންބޮޑުވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ނުހުއްޓުވައިފިނަމަ ވަރަށް ބޮޑު މައްސަލަތަކެއް ކުރިމަތިވެގެންދާނެ ކަމަށާއި އެކަން ހުއްޓުވަންޖެހޭ ކަމަށެވެ.
”އަޅުގަނޑު ވަރަށް ކަންބޮޑުވާކަމެއް ޢާންމުން ނުކުމެ ޤާނޫނު ތަންފީޒުކުރާ ކުރުން. މިހާރު އެޑްރެސް ނުކޮށްފިއްޔާ ވަރަށް ބޮޑު އިޝޫއަކަށް ވަރަށް ބޮޑު މައްސަލައަކަށްވާނެ ކަމެއް. މީ އެއްގޮތަކަށް ވެސް ހުއްދަކުރެވިގެންވާނެކަމެއް ނޫން. ދޫކޮށްލެވިގެންވާނެކަމެއް ވެސް ނޫން.“
ޝަމީމް ވިދާޅުވީ ފިޔަވަޅު އަޅަންވާނީ ސިސްޓަމްގެ ތެރެއިން ކަމަށާއި، ނަމަވެސް މީހުން އެ ގޮތަށް އަމަލުކުރަނީ ސިސްޓަމްތެރެއިން ފިޔަވަޅު އެޅުން ލަސްވާތީ ކަމަށެވެ.
ޝަމީމް ވިދާޅުވީ މިކަމަށް ހައްލެއް ހޯދަންޖެހޭ ކަމަށާއި، މައްސަލަތަކުގައި ޕީޖީއަށް ދަޢުވާކުރެވިދާނެ ކަމަށާއި، ނަމަވެސް ނަތީޖާ ފެންނާނީ ކޯޓުން މައްސަލަ ނިމޭ ވަރަކުން ކަމަށެވެ.
ޝަމީމް މިހެން ވިދާޅުވިއިރު ފުލުހުން މިރޭ ބުނީ އިންސާފު ހޯދުމަށްކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނާމެދު ރާއްޖޭގެ ޤާނޫނުތަކާ ޚިލާފު އަނިޔާވެރި އަމަލުތައް ހިންގުމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ. އަދި އެއީ މުޖުތަމައުގެ މަސްލަހަތު ގެއްލިގެން ހިނގައިދާނެފަދަ އަމަލުތަކެއް ކަމަށާއި، އެފަދަ ކަންތައްތައް ތަކުރާރު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މިފަދަ ކުށްތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަޙްޤީޤުކޮށް ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
ޕީޖީ(ސަމީމުތިއަބޭފުޅާތިއަވިދާޅުވަނީކުއްކުރާމީހުނައްރަތްޔިތުއްނިކުމެތައްފީޒުކުރާނަމައެކައްއެބަހުއްޓުވަށްއެބަޖެހެއެވެ……ޕީޖީ…ސަމީމުނިކައްވިސްނާފިކުރުކޮއްބަލަތިއަބޭފުޅާއަށްތައްފީޒުކުރެވެނީވެސްކުރަނީވެސްއެށްމެސަރިއަތެއްއެއީ.އިސްލާމްދީންދެކެލޯބިވާރާތްޖޭރަތްޔިތުއްދެކެލޯބިވާމިގައުމްދެކެވެސްލޯބިވާތަރަތްގީގެބާނީ….ރައިސްޔާމިނުއަށް….ޕީޖީ..ސަމީމުހީފުޅުނުކުރަތްވަޢޗެ؟…ރަތްޔިތުޢްތިބީނިދާފައޭ((އޭޕީ…ޖީސަމީމުކޮބާލިލާތުކުރިމީހުންނިކަޢްހިތްވަރެއްހުރީވިއްޔާސަރިއަޢްކޮއްބސލަ
’ލިންޗިން‘ އަކީ ޤާނޫނީ ކުށެއް. ވަގެކޭ، ރޭޕް އޭ ގޮވާލާ އިރަށް އާންމުން ނުކުމެ މީހަކަށް އަނިޔާ ކުރުމަކީ ކުށެއް ކުރާ މީހަކަށް އަދަބު ދޭން ހެޔޮވާ ވަރުގެ ނިޒާމެއް ނޫން. ކުށެއް ނުކުރާ މީހަކަށްވެސް އަނިޔާ ކުރެވިދާނެ ނޭންގުމުގައި ހުރެ