ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ގެނެސްދެއްވަން ވަޢުދުވަޑައިގެންނެވި ވަރަށްވުރެ މާ އިތުރަށް ޕްރޮޖެކްޓުތައް ހިންގިފައިވާކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.
ނ.ވެލިދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިމުމާ ގުޅިގެން މަހްލޫފް ވިދާޅުވީ ޞާލިޙް ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ގެނެސްދެއްވަން ވަޢުދުވަޑައިގެންނެވި ވަރަށްވުރެ މާ އިތުރަށް ޕްރޮޖެކްޓުތައް ހިންގިފައިވާ ކަމަށާއި، ޕްރޮޖެކްޓުތައް ދާނީ ބާރަށް ކުރިއަށް ކަމަށެވެ.
އަދި މަސައްކަތް ކޮށްކޮށް ވަރުބަލި ވެސް ވެއްޖެކަމަށް މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް މިހެން ވިދާޅުވިއިރު ޔޫތު މިނިސްޓްރީން މިއަދު ބުނީ ހަތް ރަށެއްގައި ގާއިމުކުރާ އައުޓްޑޯ ޖިމްތަކަށް ބޭނުންވާ ސާމާނު އެ ރަށްތަކާއި ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ ބ.ކުޑަރިކިލާއި، މ.ވޭވަށާއި، ދ.ހުޅުދެއްޔާއި، ތ.ވަންދުއާއި، ލ.ދަނބިދުއާއި، ލ.ކަލައިދުއާއި، ލ.ފޮނަދުއެެވެ.
މީގެ އިތުރުން 04 ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރުންނާއެކު ދާދިފަހުން ވަނީ ސޮއިކޮށްފައެވެ. އެ ގޮތުން ހދ.ނާވައިދޫގެ މަސައްކަތް ހަވާލުކުރީ އާރްޖީ އިންޓަރނޭޝަނަލްއާ އެވެ. އަދި ށ.ފޭދޫގެ މަސައްކަތް ހަވާލުކުރީ ޓީއޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ އާއެވެ. އއ.ފެރިދޫގެ މަސައްކަތް އެލިއޮތު އިންވެސްޓްމަންޓާ ހަވާލުކުރިއިރު، އއ.އުކުޅަހުގެ މަސައްކަތް ހަވާލުކުރީ ސީއެމްއޭ ފައިވްސްޓަރ އާއެވެ.
Mahey thee fukeh boduvaru dho
Thiya eeves insaanekkan handhaan naththaa nula,
Adhi amudhun thi hurt zimmaadhaaru magaamegga
މިނިސްޓަރ ކަމޭ ބުނީމަ ކުރިން ހިތުގައި އެއަޑު ވެގެންދާނީ އިހްތިރާމާއި ޤަދަރު ލިބިގެންދާ އަޑަކަށްށެވެ ނަމަވެސް މިއަދު އެއަޑު އިވުމުން މަލާމާތް ރައްދުވާ އަޑަކަށް ވަނީ ބަދަލުވެފަ މިއީ ވަރަށް ގިނަވާހަކަ އަމިއްލަފުޅަށް ޖަވާބު ހޯއްދަވާ