ސަރުކާރުން ހުރިހާ މަޝްރޫޢުއެއް އެމްޓީސީސީއާ ހަވާލުކުރަމުންދާތީ އަމިއްލަ ކުންފުނިތައް ބަނގުރޫޓު ވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. އަސްލަމް ވިދާޅުވި ގޮތުގައި އެމްޓީސީސީގެ ގާބިލުކަން ހުރިއިރު އަމިއްލަ ކުންފުނިތަކުގައި ހުނަރުވެރިކަމެއް ނެތެވެ.
އެ ގޮތުން ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ ޒަޢާމަތުގައި 2010 ވަނަ އަހަރު ބިން ހިއްކާ 04 ކުންފުންޏާއި, ބަނދަރު ހަދާ އެތައް ކުންފުންޏެއް ހުރި ކަމަށެވެ.
ނަޝީދު ތަކުރާރުކޮށް ހަމައެކަނި އެމްޓީސީސީއާ މަޝްރޫޢުތައް ހަވާލުކުރުމުން އަމިއްލަ ކުންފުނިތައް ބަނގުރޫޓުވެއްޖެ ކަމަށާއި، އަމިއްލަ ކުންފުނިތަކަށް އެއް ގޮތަކަށް ވެސް މިދަނީ މަސައްކަތްތައް ނުލިބި ކަމަށެވެ.
މި މަގަށް މަސައްކަތްތައް ގެންދިއުމަކީ ސަރުކާރުގެ އެމްޑީޕީ ސިޔާސަތާ ވެސް މުޅިން ފުށުއަރާކަމެއް ކަމަށާއި، އެއީ މި ރާއްޖޭގެ ތަރައްޤީއަށް ހުރަސްއެޅޭ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އިންޑިޔާއަށް ހަވާލުކުރާ މަސްރޫއު މަދީތަ އެމަސްރޫއުތައް ދިވެހިކުންފުނިތަކާހަވާލުކުރާނަމަ އެތަނަވަސްކަންއޮތީހީ ދިވެހިންނަށް އދަމާފަރު ާބަހައްޓާގެންކުރާނެނު
މިއަންނި ބޯބުރާންތިއަށް ނޭންގެނީތަ ނިކަމެތި ފަރުދުންގެ ބައިވެރި ވުމާއިއެކު ހިނގާ ކުންފުންޏެއްކަން އެމް ޓީސީއަކީ