ސްޓެލްކޯގެ ކަރަންޓު ފޮށްޓެއްގައި ވެހިކަލަކުން ޖެހި އަނެއްކާ ވެސް ގެއްލުންވެއްޖެއެވެ.
ސްޓެލްކޯއިން މިއަދު ހަވީރު ބުނީ އެކުންފުނީގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ވެހިކަލަކުން ޖެހި ގެއްލުންވެފައިވާ ކަމަށެވެ.
އެހެންވެ މާފަންނު އިރަމާމަގާއި، މަޖީދީމަގު އަދި ކަނބާއައިސަރަނި ހިނގުން ހިމެނޭ ސަރަހައްދުގެ ބައެއް ގެތަކުން ކަރަންޓު ކެނޑިފައިވުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.
”މި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން“
މިފަދަ ހާދިސާއެއް ހިނގާފައިވާއިރު ދާދިފަހުން ވެސް ވަނީ ސްޓެލްކޯގެ ކަރަންޓު ފޮށްޓެއްގައި ވެހިކަލަކުން ޖެހި ގެއްލުންވެފައެވެ.