މަލިކަކީ އެއްވެސް އިރަކު ރާއްޖޭގެ ރަށެއް ނޫންކަމަށް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަސްލަމް ވަނީ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ.
އެ ގޮތުން ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވަނީ މަލިކު, ރާއްޖޭގެ ތަނަކަށް ނުވެ ދިޔައީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ.
އަސްލަމް ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން އެންމެންނަށް އެއްބަސްވެވޭ ޓެރިޓޯރިއަލްތަކެއް ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް އެބައޮތް ކަމަށާއި, ރާއްޖޭގެ ޓެރިޓޯރިއަލް ވޯޓާސްއާބެހޭ ޑިސްޕިއުޓެއް އެއްވެސް އިރެއްގައި ރާއްޖޭގައި އޮތް ކަމަކަށެއް ގަބޫލެއް ނުކުރައްވާ ކަމަށެވެ.
”އަޅުގަނޑު މި ދަންނަވަނީ ދިވެހިރާއްޖޭގެ ޓެރިޓޯރިއަލް ތެރޭގަ ހިމެނޭ ރަށެއް ދުވަހަކު ވެސް އަޅުގަނޑުމެން ހިމަނާފަ އޮތް ރަށެއް ނޫން މަލިކަކީ.“ އަސްލަމް ވިދާޅުވިއެވެ.
އަސްލަމް މިހެން ވިދާޅުވި ނަމަވެސް ރާއްޖޭގެ އެންމެ އުތުރަށްވާ ގޮތަށް އޮންނަ މަލިކަކީ މީގެ ފަސް ވަރަކަށް ޤަރުނުކުރިން ރާއްޖޭގެ ރަށެއްކަމަށް މުއައްރިޚުން ވިދާޅުވެއެވެ. މަލިކު މިހާރު އޮންނަނީ އިންޑިއާގެ ރަށެއްގެ ގޮތުގައެވެ.
އަސްލަމަކީވެސް އަސްލަމްގެ މަންމަގެ ދަރިޔެއްނޫން ނިސްބަތްވަނީ ބައްޕަޔައް ތިއީ ބުރާންޗެއް