ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކަމުން ސުހައިލް އަހުމަދު އިސްތިއުފާ ދެއްވައިފި އެވެ. ސުހައިލް އެމްޑީކަމުން އިސްތިއުފާ ދެއްވީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އެޗްޑީސީގެ އެމްޑީކަން ކުރެއްވި ސުހައިލް މި ސަރުކާރުގައި އެ މަގާމަށް އައްޔަން ކުރެއްވީ ޑިސެމްބަރު 30، 2018 ގަ އެވެ. އޭގެ ކުރިން ވެސް 2012 އިން 2015 އަށް އޭނާ ވަނީ އެ ކުންފުނީގެ އެމްޑީގެ މަގާމު ފުރުއްވައިފަ އެވެ.
އެޗްޑީސީގައި ވިއްސަކަށް އަހަރު މަސައްކަތް ކުރެއްވި ސުހައިލް ވަނީ އެ ކުންފުނީގެ އެމްޑީ ކަމުގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަން އަދި ޑިރެކްޓަ އޮފް ޕްލޭނިން އެންޑް އެސްޓޭޓްގެ މަގާމު އަދާކުރައްވައިފި އެވެ.
ހުޅުމާލެ ހިއްކައި އާބާދުކުރުމުގައި ސުހައިލް ވަނީ މިދިޔަ ދުވަސްތަކުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
Keeh kuraanee obinoannavarah sarukaaruge Lankan dhiyaima.dhen jeheynee isthiugaa dheykahnoon..