ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ކެޓްރީނާ ކައިފް އޭނާގެ ރީތި ކަމުގެ މުހިއްމު ދައުރެއް އަދާ ކުރަނީ އައިސް ކިއުބް ކަމަށް ހާމަކޮށްފިއެވެ.
އެގޮތުން އޭނާ ކޮންމެ ދުވަހަކު މަދުވެގެން 3 ފަހަރު މޫނުގައި އައިސްކިއުބް އުނގުޅާކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. ޖަންކް ފުޑްގެ ބަދަލުގައި ވެސް އޭނާ އައިސްކިއުބް ކައި އުޅޭ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
މޫނުގައި އައިސް ކިއުބް އުނގުޅުމުން ހަންގަނޑުގެ ލޭ ދައުރުވުން ރަނގަޅުކޮށްދީ މޫނު އަލިކޮށްދެ އެވެ. މޫނުގައި އައިސްކިއުބް ހޭކުމުން މޫނުގައި ތެޔޮ އުފެދޭ މިންވަރު މަދުކުރެ އެވެ. އަދި ހަމަ އެހެންމެ އޮށާޅަ ނެގުމުން އުފުލި ދުޅަވެފައި ހުންނަ ތަންތަނުގެ ދުޅަ ތިރިކޮށްދީ ފަސޭހަކޮށްދެ އެވެ.
އައިސް އުނގުޅުމުން ބްލަޑް ވެސެލްތަކުގެ މަސައްކަތް ލަސްކޮށްލައި ހަންގަނޑަށް ލޭ ދައުރުވާ މިންވަރު ލަސްކޮށްލަ އެވެ. މިހެންވެ މިކަމާ ވިއްދައި ހަށިގަނޑު ދައުރުވާ ލޭ އިތުރުކޮށް މޫނަށް ފޮނުވަ އެވެ. ގަވާއިދުން މޫނުގައި އައިސްކިއުބް ހާކާ ނަމަ ލޮލުގެތިރީ ހުންނަ ކަޅު ލައްތައް ފިލުވާލުމަށް އެހީއަކަށް ވެގެންދެ އެވެ.