ބޮލުން އިސްތަށި ފޭބުމަކީ ފިރިހެނުންނާއި އަންހެނުންނަށްވެސް ދިމާވާ ވަރަށް ބޮޑު މައްސަލައެކެވެ.
އެގޮތުން އިސްތަށި ފައިބަން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ފިކުރު ގިނަ ވުމެވެ. ބޮލުން އިސްތަށި ފޭބުން މަދު ކުރުމަށްޓަކައި ކަސްރަތުކޮށް ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް، މިނެރަލްސް، ޕްރޮޓީންސް އަދި ފެޓްސްގެ މާއްދާތައް އެކުލެވޭ ކާނާ ޤަވާއިދުން ކެއުމަކީ ރަނގަޅު ކަމެކެވެ. ފިކުރުކުރުން (ސްޓްރެސްވުން) ހުއްޓުވުމަކީ އެންމެ މުހިއްމު އެއްކަމެވެ.
ބޮލުގެ ތަލަައިގެ ދުޅަހެޔޮ ކަމަކީވެސް، އިސްތަށިގަނޑުގެ ސިއްހަތާ ގުޅިފައިވާ ކަމެކެވެ. ކޮންމެ ދުވަހަކުވެސް ބޮލުގެ ތަލަ، ތެޔޮ ލައިގެން ރަނގަޅަށް މަސާޖު ކުރާށެވެ. މިއީ އިސްތަށި އަލުން ފަޅައި، އިސްތަށި ވަރުގަދަ ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
މީގެ އިތުރުން ހޫނު ބޭނުންކޮށްގެން އިސްތަށިގަނޑު ސްޓައިލް ކުރާނަމަ އިސްތަށި ފޭބުމަށް މަގުފަހިވެ އެވެ. އެހެން ކަމުން ބްލޯ ޑްރަޔާސް އާއި ކާލިން އަޔަންތައް ބޭނުންކުރުން މަދުކޮށްލާށެވެ. އަދި ބޭނުންކުރި ނަމަވެސް ހޫނުމިން އެންމެ ދަށްކޮށް ބަހައްޓާށެވެ.