ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް އޭނާ ދެކެ ރުޅި އަންނަ މީހުން އޭނާގެ ފިލްމުތައް ނުބެލުމަށް އޭނާ އެދިއްޖެއެވެ.
އާލިއާ ބޮލީވުޑްގައި މަސައްކަތް ކުރެވެނީ ނުފޫޒު ގަދަ އާއިލާގެ ސަބަބުން ކަމަށް ބުނެ އާއްމުން ފާޑު ކިޔުމާއި އެކު އާލިއާ ރައްދު ދެމުން ބުނެފައި ވަނީ އޭނާއަށް ބޮލީވުޑްގައި މަސައްކަތް ކުރެވެނީ އޭނާގެ އެ ހުނަރު ހުރީމަ ކަމަށެވެ. އޭނާގެ ފިލްމުތަކުން ފެނިގެން ގޮސްފައިވަނީ އޭނާގެ މައިންބަފައިންގެ އެކްޓިން ނޫން ކަމަށް ވެސް އާލިއާ ވަނީ ހާމަކޮށްފައެވެ.
މީހުން ދައްކާ ވާހަކަ އޭނާއަށް ނުހުއްޓުވޭނެ ކަމަށާއި ބޮލީވުޑްގެ އެތައް ފަންނާނުންގެ ދަރިންވެސް ހުނަރު ނެތުމުން ފިލްމްތަކުން ފުރުސަތު ނުލިބި ބާކީވާ ކަމަށް ވެސް އާލިއާ ވަނީ ހާމަކޮށްފައެވެ.
ސްޓޫޑެންޓް އޮފް ދަ އިޔާ އިން ފިލްމީ ޙަޔާތް ފެށި އާލިއާގެ ހުނަރު ވަނީ ބޮލީވުޑްގައި ކުރިއަރަމުން ގޮސް ހޮލީވުޑްގެ ފިލްމަކުން ވެސް ފުރުސަތު ލިބިފައެވެ.