ބޮލީވުޑްގެ މަޝްޙޫރު ބަތަލް އަނިލް ކަޕޫރުގެ އަންހެން ދަރިފުޅު ބަތަލާ ސޯނަމް ކަޕޫރު އަށް ދަރިއަކު ލިބެން އުޅޭ ވާހަކައާއި އެކު އަނިލް މާޔޫސްވި ކަމަށް ސޯނަމް ހާމަކޮށްފިއެވެ.
އެގޮތުން އަލަތު ދަރިފުޅަށް ބަލިވެ އިން ވާހަކަ އެންމެ ފުރަތަމަ ބުނެފައިވާނީ ބައްޕަ ކައިރީ ކަމަށާއި އެވާހަކައާއި އެކު އަނިލް ހުރީ ކަންތައް ބޮޑުވެފައި ކަމަށް ސޯނަމް ވަނީ ހާމަކޮށްފައެވެ. އަނިލް އަދި ކާފައަކަށް ވާން ބޭނުން ނުވާ ކަމަށް ވެސް އަނިލް ބުނެފައިވާ ކަމަށް ސޯނަމް ވަނީ ހާމަކޮށްފައެވެ.
އަނިލް ހުރީ އެކަމާއި ބިރުން ކަމަށާއި ސޯނަމް އަށް އަނިލް އުޅުން ގޮތްވީ މަޖާ ކަމަކަށް ކަމަށް ވެސް ސޯނަމް ވަނީ ހާމަކޮށްފައެވެ. ނަމަވެސް ފަހުން އަނިލް ހުރީ ހަމަ ޖެހިގެން ކަމަށް ވެސް ސޯނަމް ވަނީ ހާމަކޮށްފައެވެ.
65 އަހަރުގެ އަނިލް އަކީ ބޮލީވުޑްގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލް އެކެވެ. އަނިލް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ”ޖަގް ޖަގް ޖީޔޯ“ އިންނެވެ.