ކުޑަ ފިރިހެން ކުއްޖަކާ ބެހުނުކަމުގެ ތުުހުމަތުގައި ދިވެހި ފިރިހެނަކަށް އަނިޔާކޮށްފިއެވެ.
މަޢުލޫމާތު ލިބޭ ގޮތުން ހައްޔަރުކުރީ ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގެ ޓީޗަރެކެވެ. އެ ސުކޫލުގެ ދަރިވަރަކާ ބެހުނުކަމަށް ބުނެ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިރޭ ބަޔަކު ވަނީ އޭނާއަށް އަނިޔާކޮށްފައެވެ. އޭނާ ވަނީ ކުއްޖާއާ ބެހުނުކަމަށް ވެސް އިޢުތިރާފުވެފައެވެ. އެ ކުއްޖާއަކީ 12 އަހަރުގެ ކުއްޖެއްކަމަށް މަޢުލޫމާތު ލިބެއެވެ.
ޢާންމުވެފައިވާ ވީޑިއޯއިން އިވޭ ގޮތުގައި ކުއްޖާގެ ގެއަށް އޭނާ ދިޔައީ ޓިއުޝަން ދިނުމުގެ ނަމުގައި އެކަމަށް އަމިއްލައަށް އެދިގެންނެވެ. އެ ގޮތުން ޗޮކްލެޓާއި ސަބްމެރިންފަދަ ތަކެތި ދޭނެ ކަމަށާއި, “ފުރަތަމަ ފަހަރު ވަރަށް ޝައި ވާނެކަމަށާއި ނަމަވެސް ފަހުން ކޮމްފޮޓަބަލްވާނެކަމަށް“ ކުއްޖާ ކައިރީ އޭނާ ބުނިކަމަށް ވީޑިއޯއިން ފެންނަ އަންހެނަކު ބުނެއެވެ. އަދި އޭނާ ވަނީ އެ ކުއްޖާއަށް ފާހިޝް އަމަލުތައް ކުރާ މަންޒަރު ފެންނަ ވީޑިއޯ ދައްކާފައިކަމަށް ވެސް އެ އަންހެން މީހާ ބުނެއެވެ.
ފުލުހުން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަޔަކު މީހުން މީހަކަށް އަނިޔާކުރާކަމުގެ މަޢުލޫމާތު ލިބުނީ މިރޭ 22:00 ހާއިރު ކަމަށެވެ. އަނިޔާ ލިބުނު 29 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ލޮލް
ކުށަށް އަދަބު ދިނުމަށް ސަރިކާރު ނުކުޅެދުނީމާ ރައްޔިތުން ޙުކުމް އިއްވާ އެ ތަމްފީޒު ކުރާނެ. ގައުމުގެ ވެރިން ނަކީ އެގައުމުގެ އާއްމުން.
ދީނުގެ މަގުގައި ހިފުމަށް ވަކާލާތުކޮށް އެކަމަށް މަސައްކަތް ކުރާ މީހަކަށް ދީނަށް ލޯބި ކުރައްވާ އެންމެން ބައިއަތު ހިއްޕަވާ މިގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކޮށްދެއްވާ.ބަދުރުން މިސާލު ނަންގަވާ.ކާމިޔާބާއި ފަލާޙު އޮތީ އެގޮތުގައި..ޙައްލަކީ ޢުމަރު