ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕްގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ދެއްކެވި ވާހަކަފުޅެއްގެ ސަބަބުން އިދާރީ ފިޔަވަޅެއްގެ ގޮތުން ގުރޫޕުން ބޭރުކުރެވިފައިވާތާ އެތައް ދުވަހެއްވެފައިވާތީ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރާއީ ވިދާޅުވީ މޮސްޓާ ދެއްކެވި ވާހަކަފުޅެއްގެ ސަބަބުން އިދާރީ ފިޔަވަޅެއްގެ ގޮތުން ގުރޫޕުން ބޭރުކުރެވިފައިވާތާ އެތައް ދުވަހެއްވެފައިވާ ކަމަށާއި، ނަމަވެސް އެއަށްފަހު ވެސް ގުރޫޕުތެރޭގައި އެ ޒާތުގެ ކިތަންމެ ވާހަކައެއް ހިނގައިފިކަމަށެވެ. ރާއީ އެ ވިދާޅުވަނީ ގުރޫޕުތެރޭގައި ބައެއް މެންބަރުން އެފަދަ ވާހަކަ ދައްކާއިރު ފިޔަވަޅެއް ނާޅައި، ހަމައެކަނި މޮސްޓާއަށް ފިޔަވަޅު އަޅާފައިވާތީއެވެ.
ރާއީގެ ވާހަކައާ ގުޅިގެން މޮސްޓާ ވިދާޅުވީ އެކަން ކުރީ ކެނެރީގޭ މުޙައްމަދު ނަޝީދުގެ އަމުރަށް، އިއުލާން ނުކުރާ ވަޒީފާދީފައި ހުންނަ ނިއުޝާ“ ކަމަށެވެ. ނިއުޝާއަކީ މަޖިލީހުގެ އަމީންއާންމެވެ.
”މިއަދާއި ހަމައަށް އައިއިރު ވެސް އަދިވެސް ނިއުޝާއަށް ޖަވާބު ދާރީ ނުވެވޭ“ މޮސްޓާ ވިދާޅުވިއެވެ.
މޮސްޓާ ވިދާޅުވީ ”ނަމުން މަންޑޭލާ ހެދިގެން ކަމުން މުގާބޭ“ ގެ ރައީސް ކަމުގައި ފެންނާނީ މިފަދަ ކަންކަން ކަމަށެވެ.