ފާހިޝް ކުށްތައް ހުއްޓުވުމުގެ ނަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް ވާހަކަ ދައްކަވަނީ ސިޔާސީ ގޮތުން ސްކޯ ކުރަންކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ޖަމީލް އެހެން ވިދާޅުވީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ލިވާތުކުރުމުގެ ކުށާއި, ސިހާގުކުރުމުގެ ކުށް ހިމަނަން ޤާސިމް އިސްލާހެއް ހުށަހެޅުއްވުމުންނެވެ.
ޖަމީލް ވިދާޅުވީ އިސްލާމްދީނުގައި ހަރާމްކޮށްފައިވާ ބޮޑެތި ކުށްތައް ޢާންމުވިއިރު ޤާސިމުމެން ތިއްބެވީ ސަރުކާރުގަައި ކަމަށެވެ. އަދި ތެދު ނިޔަތެެއް އޮތްނަމަ ބިރަކާނުލައި މަޖާކުރާ ފިކުރާއެކު މި ހިސާބަށް ކަންކަން ބޮއްސުންލައިގެން ދިޔައިރު ބަލަން ނުހުންނެވީސް ކަމަށެވެ.
ޖަމީލް ވިދާޅުވީ ކޯލިޝަންގެ ބައިވެރިން އެފަދަ ވާހަކަ ދައްކަވަނީ ސިޔާސީ ސްކޯކުރަން އެކަނި ކަމަށެވެ.
ދީނުގެ މަގުގައި ހިފުމަށް ވަކާލާތުކޮށް އެކަމަށް މަސައްކަތް ކުރާ މީހަކަށް ދީނަށް ލޯބި ކުރައްވާ އެންމެން ބައިއަތު ހިއްޕަވާ މިގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކޮށްދެއްވާ.ބަދުރުން މިސާލު ނަންގަވާ.ކާމިޔާބާއި ފަލާޙު އޮތީ އެގޮތުގައި.ޙައްލަކީ ޢުމަރު
Dr jameelakeemeehunge hihkonebeleyfenvarugemeehettna