ރައްޔިތުންގެ ސަލާމަތަށް ނުރައްކާތެރި މީހުން މުޖުތަމަޢުއަށް ދޫވެފައި ތިބެގެން ނުވާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޞާލިޙަށް އިއްޔެ ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ކުރެއްވި ޓުވީޓެއްގައެވެ.
ނާޒިމް ވިދާޅުވީ ސްޓޭޓް މިނިސްޓަރު ޢަލީ ޞާލިޙަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތަށް ނުރައްކާތެރި މީހުންނާއި, ތަކުރާރުކޮށް ކުށްކުރާ މީހުން މުޖުތަމަޢުއަށް ދޫވެފައި ތިބެގެން ނުވާނެކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
”ރައްޔިތުންނަށް އަމާންކަން ކަށަވަރުކޮށްދީ ޤާނުނުގެ ހުކުމް ނަގަހައްޓަން ޖެހޭ.“
ޢަލީ ޞާލިޙަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މުޙައްމަދު ޖަމީލުގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ. އޭނާ އިއްޔެ ވަނީ އެތައް ބަޔަކަށް މަރުގެ އިންޒާރު ދީފައެވެ. ޖަމީލަކީ މިދިޔަ ޖުލައި 01 ވަނަ ދުވަހު ހުކުރު ނަމާދު ވަގުތު ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކޮށްގެން ހައްޔަރުކުރި މީހެކެވެ. ނަމަވެސް އެ ދުވަހު ހެންވޭރު ދަނޑު ކައިރިން އޭނާ ދޫކޮށްލީއެވެ. ބުނީ އެއީ ނަފްސާނީ ބަލި މީހެއް ކަމަށެވެ.
ދީނުގެ މަގުގައި ހިފުމަށް ވަކާލާތުކޮށް އެކަމަށް މަސައްކަތް ކުރާ މީހަކަށް ދީނަށް ލޯބި ކުރައްވާ އެންމެން ބައިއަތު ހިއްޕަވާ މިގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކޮށްދެއްވާ.ބަދުރުން މިސާލު ނަންގަވާ.ކާމިޔާބާއި ފަލާޙު އޮތީ އެގޮތުގައި.ޙައްލަކީ ޢުމަރު.