ގދ.ތިނަދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައި ދަރިވަރަކަށް އެހެން ދަރިވަރަކު އަނިޔާކުރި މަންޒަރު ފެންނަ ވީޑިއޯ ޢާންމުކޮށް އެ ވީޑިއޯ ނުފެތުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުންނާއި ޖެންޑާ މިނިސްޓްރީން އެދިއްޖެއެވެ.
ސޯޝަލް މީޑިއާގައި މިއަދު ޢާންމުވި ވީޑިއޯއެއްގައި ފެންނަނީ ތިނަދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުލާސް ރޫމެއްގެތެރޭ ގޮނޑީގައި އިށީނދެގެން އިން ފިރިހެން ދަރިވަރަކަށް އެހެން ދަރިވަރަކު ގޮސް ފޮތަކުންނާއި ދަބަހުން ތަޅައި އަނިޔާކުރާ މަންޒަރެވެ.
ފުލުހުން ބުނީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަންނާނެ ފަދަ ކުޑަކުދިންގެ ޒާތީ މައުލޫމާތު ނުވަތަ ތަސްވީރު އެއްވެސް ފަރާތަކުން އާންމު ކޮށްގެން ނުވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.
“ސްކޫލެއްގެ ކްލާސް ރޫމެއްގައި ދަރިވަރުންތަކެއް މާރާމާރީ ހިންގާ ވީޑިއޯއެއް ދައުރުކުރަމުން ދާތީ, މިއީ ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަންނާނެ ފަދަ ކަމަކަށްވާތީ އެއްވެސް މީޑިއާ އަކުން ނުވަތަ އެއްވެސް މީހަކު އެއްވެސް ގޮތަކަށް މި ވީޑިއޯ ދައުރު ނުކުރުމަށް މިސާވިސް އިން އިލްތިމާސް ކުރަން.“ ފުލުހުން ބުންޏެވެ.
ޖެންޑާއިން ވެސް ވަނީ އެ ވީޑިއޯ ނުފަތުރަން އެދިފައެވެ. އަދި އެއީ ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަތުމުގެ އަމަލެއްކަން ވެސް ފާހަގަކުރިއެވެ.
ވީޑިއޯ ޢާންމުވުމުން އެޑިއުކޭޝަންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ސުކޫލުގެ ދަރިވަރަކު އެހެން ދަރިވަރަކަށް އަނިޔާކުރި މައްސަލައެއް އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާތީ އެކަން ބަލަމުންދާ ކަމަށެވެ.
Video aamu kurumaki rangalhu kameh. sababaki ehenmeehunnahves ingen jehey ei kaakukan. Eyrun ehenmeehunnah e meehehge faraathun salaamaih ve hureveyni.
Mahsalakee thikan insaafu verikamaa eku nubeleyne thee. Mahsalaeh ninman 7 aharu 10 aharu.