ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 ކަމުގައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައި ބޭއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ހުށަހެޅުއްވި އިސްލާހަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ތާއީދުކުރައްވައިފިއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤާސިމް ހުށަހެޅުއްވީ ވަރަށް މުހިންމު އިސްލާހެއް ކަމަށާއި, މަޖިލިސް އެކުލެވިގެންވާ ގޮތާއި, މަޖިލީހުގެ ދައުރާބެހޭ ގޮތުން ވިސްނުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމެއް ކަމަށެވެ.
2008 ގެ ފަހުން މިހާތަނަށް ރައްޔިތުން މަޖިލީހަށް މެންބަރުން އިންތިޚާބުކުރަން ތިން އިންތިޚާބެއް ބާއްވާފައިވާއިރު, ކޮންމެ ފަހަރަކު ވެސް އަންނަނީ މެންބަރުންގެ އަދަދު އިތުރުވަމުންނެވެ. އެ ގޮތުން 17 ވަނަ މަޖިލީހަށް 77 މެންބަރުން އިންތިޚާބުކުރިއިރު, 18 ވަނަ މަޖިލީހަށް އިންތިޚާބުކުރި މެންބަރުންގެ އަދަދަކީ 85 އެވެ. އަދި ހިނގަމުން މިދާ 19 ވަނަ މަޖިލީހަށް އިންތިޚާބުކުރި މެންބަރުންގެ އަދަދަކީ 87 އެވެ.
ޤާސިމް ވިދާޅުވީ 19 ވަނަ މަޖިލީހަށް އިންތިޚާބު ކުރެވުނު ޢަދަދުކަމަށްވާ 87 މެންބަރުންގެ ޢަދަދަކީ އެންމެ އެކަށީގެންވާ ޢަދަދުކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
Gaasim mihaaru munjey bungnyas kaley thaaeedhu kuraane. Ei seytu athuga laari othee. Kuriyah othee inthihaabu. MDP amihla haalaigen adhives verikamakah naadhevene kan enmennah ingey. Ehenve seytuge bo kaalaigen guboo hahdhaigen veri kamah annan thi buraanthi thi ulheni.