ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި ހައްޔަރު ކޮށްފައިވާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
އަލީ ސޯލިހައަށް ހަމަލާ ދީފައި ވަނީ އިއްޔެ ހުޅުމާލެ އިންނެވެ. ސައިކަލުގައި އިންނަވަނިކޮށް މީހަކު އައިސް އޭނާ އަށް ތޫނު އެއްޗަކުން ހަމަލާ ދޭން މަސައްކަތް ކުރާ މަންޒަރު ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯ އިން ފެނެއެވެ. އަދި އޭނާގެ ކިބައިން ސަލާމަތްވުމަށް އަލީ ސޯލިހު މަސައްކަތް ކުރި ނަމަވެސް އޭނާ އަލީ ސޯލިހުއަށް ހަމަލާ ދޭން މަސައްކަތް ކުރެއެވެ. އަދި އޭނާގެ ކިބައިން ސަލާމަތްވުމަށް ސައިކަލު އެއްލާލުމަށްފަހު އަލީ ސޯލިހު ދުއްވައިގަނެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ އިއްޔެ މެންދުރު 13:26 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ. އަލީ އަށް ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު ބުނީ އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާ ދީފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައިވާ މީހާ އަކީ ސަލްމާން މިސްކިތުގެ މިންބަރަށް އަރާ އަޑުގަދަކޮށް މިސްކިތުގެ ހުރުމަތް ކެނޑުމުގެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއް ކަމަށް ފުލުހުން ބުންޏެވެ.