މޭވާއާއި ތަރުކާރީގެ ކޮންމެ ބާވަތަކުންވެސް އަހަރެމެންގެ ހަށިގަނޑަށް ވަރަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދެއެވެ. ބްރޮކޮލީއަކީ އޭގެ ސަބަބުން ސިއްހީ އެތައް ފައިދާއެއް ލިއްބައިދޭ އެއްޗެކެވެ.
ބްރޮކޮލީ އަކީ ކޮލެސްޓްރޯލް ދަށްކޮށްދޭ އެއްޗެއް ކަމުން މިއީ ކެންސަރުގެ ވަރަށް ގިނަ ވައްތަރުތަކުން ރައްކާތެރިވުމަށް ބޭނުންކުރެވިދާނެ ބާވަތެކެވެ. އެގޮތުން ބްރޮކޮލީ ބޭނުންކުރުމުން ރައްކާތެރިކޮށްދޭ ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި، އުރަމަތީގެ ކެންސަރު، ރަހިމުގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު، ފުއްޕާމޭގެ ކެންސަރު، މޭގަނޑުގެ ކެންސަރު، ގޮހޮރުގެ ކެންސަރު، އަދި ގުރުދާގެ ކެންސަރު ފަދަ ވައްތަރުތައް ހިމެނެއެވެ.
ވިޓަމިން ސީ، ސަލްފަރ އަދި އެމިނޯއެސިޑް އިން މުއްސަނދި ވެފައިވާ ބްރޮކްލީ އަކީ ކޮންމެ ދުވަހަކު ކެއުމުގައި މަދުވެގެން ތިން ފަހަރު ބޭނުންކުރާނަމަ ދުވަސްވީ އަންހެނުންގެ ކަނދުރާގެ ނާރުތަކަށް ދިމާވާ މައްސަލަތަކުން ދުރުކޮށްދޭ ވެސް އެއްޗެކެވެ. އެގޮތުން ނާރުތަކުގައި ލޭގަނޑުވެ، ނާރުތައް ބެދެން ދިމާވާ މައްސަލައަށް މިއީ ހައްލެކެވެ.
އެއްވެސް ވަރަކަށް ފެޓްސް އެކުލެވިގެން ނުވާ ބްރޮކޮލީގައި 90 ޕަސެންޓް ފެން އެކުލެވިގެންވާއިރު، ހަތް ޕަސެންޓް ކާބްސްއާއި ތިން ޕަސެންޓް ޕްރޮޓީންސް އެކުލެވިގެންވެއެވެ. މިއީ ހަމުގެ ދުޅަހެޔޮކަމަށް އެހީތެރިވެދިނުމުގެ އިތުރުން އިންފެކްޝަނާ ދެކޮޅަށް ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ ތަރުކާރީއެކެވެ.
ލިބޭފައިދާ އެނގުނަސް ކާން ބޭނުމަސް ކިހިނެއްތޯ ކާނީ 85ރުފިޔާ އަށް ކިލޯ