ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު އެކްޓިން އިން ބްރޭކެއް ނަގާ ކަމަށް އޭނާ ހާމަކޮށްފިއެވެ.
37 އަހަރުގެ ބަތަލާ ހާމަކޮށްފައިވާ ގޮތުގައި އޭނާ ދާއިރާއިން ކުޑަކޮށް ދުރުވެލައި މިވަގުތު ވަގުތު ހުސްކުރަން ބޭނުންވަނީ އޭނާގެ އަލަތު ދަރިފުޅަށް ކަމަށެވެ. ދާއިރާ އެއްކޮށް ދޫކޮށްލާނަމޭ އަދި ނުބުނާނަން ކަމަށާއި މި ދާއިރާ އަކީ އޭނާ ވަރަށް ލޯބިވާ ދާއިރާއެއް ކަމަށް ވެސް ސޯނަމް ވަނީ ހާމަކޮށްފައެވެ.
ނަމަވެސް އޭނާގެ ފުރަތަމަ އިސްކަމަކަށް ވާނީ އޭނާގެ ދަރިފުޅު ކަމާއި ދަރިފުޅަށް ބޭނުންވާ ވަރަށް ވަގުތު ދިނުމަށް ފަހުގައި އޭނާ ފިލްމީ ދާއިރާއިން މަދު މަދުން ފެންނާނެ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ބޮލީވުޑްގެ ގިނަ ފަންނާނުން ވިހެއުމަށް ފަހުގައި ފިލްމުތަކުން ނުފެންނާތީ އާއްމުން ދަނީ ސޯނަމް ވެސް އެގޮތަށް ނުފެންނާނެ ކަމަށް ބުނެ ހިތާމަ ފާޅު ކުރަމުުންނެވެ.