ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ މި ފަހުން މޭކަޕް ނުކޮށް ނަގާފައިވާ ފޮޓޯ ޝޫޓް އިންސްޓަރ ގްރާމްއަށް ލުމާއި ވަނީ ވައިރަލްވެފައެވެ.
މޭކަޕްއެއް ނުކޮށް ހުންނަ އިރުވެސް އަނުޝްކާގެ ރީތިކަން ފެނި ގިނަ މީހުން ވަނީ އާށޯހުކޮށްލާފައެވެ. ސްޕެއިންގެ ޕާކެއްގެ ތެރޭގައި ނަގާފައިވާ މި ފޮޓޯ ޝޫޓް އަކީ ހެދުން ވިއްކާ ވެބް ސައިޓެއް ކަމަށްވާ ”އެންޑިއޯން“ އަށް ނަގާފައިވާ ފޮޓޯ ތަކެވެ.
އިންޑިއާގެ ރިޕޯޓްތަކުން ހާމަކޮށްފައިވާ ގޮތުގައި މޭކަޕް ނުކޮށް ނަގާފައިވާ 4 ގަނޑު ފޮޓޯއަށް އަނުޝްކަ ވަނީ އިންޑިއަން ރުޕީސްގެ 50 ހާސް ޗާޖްކޮށްފައި ކަމަށެވެ. އަދި އޭނާ ލައިގެން ހުރި ހެދުމާއި ސޯޓުގެ އަގު އުޅެނީ އިންޑިއަން ރުޕީސްގެ 31 ހާހަށް ކަމަށް ވެސް އިންޑިއާގެ މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޝާހް ރުކް ޚާން އާއި ކެޓްރީނާ ކައިފް އާ އެކު ”ޒީރޯ“އިންނެވެ.