ސަސްޕެންޝަނުގައި ހުންނަތާ ދޮޅު އަހަރު ފަހުން ރައްޔިތުން މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުޙައްމަދު ޙަލީމް ވަކިކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ޢާންމު ކޮމިޓީން ޙަލީމާ ގުޅިގެން ބެލި މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާތީ އޭނާ ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާގައި އެޖެންޑާކުރިއެވެ. އެ މައްސަލައިގައި ވޯޓަށް އަހާނެކަމަށް ރިޔާސަތުން ވިދާޅުވި ނަމަވެސް ވޯޓަށް އަހައިފައެއް ނުވެއެވެ.
މަޖިލީހުން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން ޙަލީމް ސަސްޕެންޑްކުރީ މިދިޔަ އަހަރު ޖެނުއަރީ މަހުގައެވެ.
މަޢުލޫމާތު ލިބޭ ގޮތުން ޙަލީމް ސަސްޕެންޑްކުރީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ނައިބު ރައީސް އީވާގެ ކޮޓަރި ބަގުކުރަން އުޅުނުކަމުގެ ތުހުމަތުގައެވެ.