މިދިޔަ ބުރާސްފަތި ދުވަހު މާލޭ އޯކިޑު މަގުގައި ހުންނަ މީޑިއާނެޓްގެ މައި އޮފީހުގައި މާރާމާރީ ހިންގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެ އޮފީހަށް ވަން ބަޔަކު ވަނީ އެ ތަނުގެ މުވައްޒަފަކަށް ހަމަލާދީ ޒަޚަމްކޮށްލައިފައެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 19 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ކޯޓަށް ހާޒިިރު ކުރުމުން 22 އަހަރުގެ މީހާ ޝަރީޢަތް ނިމެންދެން އަދި 19 އަހަރުގެ މީހާ ތަޙްޤީޤު ނިމެންދެން ބަންދުކޮށްފައި ބޭތިއްބުމަށް ޢަމުރުކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި ޒަޚަމްކޮށްލާފައިވަނީ ފިރިހެނެކެވެ.އޭނާއަށް ފަރުވާދިނުމަށް އޭޑީކޭއަށް ވެސް ގެންދިޔައެވެ.