ޝައިޚް ޢިއްޒުއްދީން އަދުނާން މަރައިލާނެކަމުގެ އިންޒާރު މިއަދު ދީފިއެވެ.
ޝައިޚަށް އިންޒާރު ދިނީ ޖުލައި 01 ވަނަ ދުވަހު ހުކުރު ވަގުތު ކިންގް ސަލްމާނު މިސްކިތުގެ މިންބަރަށް އަރައި ހަމަނުޖެހުން ހިންގި މީހާއެވެ. އޭނާ މިއަދު ވަނީ ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާރސަން އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޞާލިޙަށް ވެސް ތޫނު އެއްޗަކުން ހަމަލާދީފައެވެ.
އަތުގެ ޢިޝާރާތުން ކަރު ބުރިކޮށްލާނެކަމަށް ބުނެ ޝައިޚަށް މަރުގެ އިންޒާރުދިނީ ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު ކައިރީގައި ސައިކަލުގައި ލެގިވަޑައިގެން ހުންނަވަނިކޮށެވެ.
”ދިޑެއިލީއަށް“ ޝައިޚް މިރޭ ވިދާޅުވީ އެ ވަގުތު އޭނާ އައުގުރާނަ ވެސް ގޮވި ކަމަށެވެ.
އޭގެ ފަހުން މާލޭ އާސަހަރާ ކައިރިން ހަމަލާދޭން އުޅުނު ކަމަށާއި ނަމަވެސް އެ ވަގުތު އެ ތަނަށް ކާރެއް އައުމުން އޭނާއަށް ޝައިޚް ގާތަށް އާދެވޭ ގޮތް ނުވީކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.
ޝައިޚް ވަނީ އެ މައްސަލަ ފުލުހަށް ވެސް ހުށަހަޅުއްވައިފައެވެ.
ކަންބޮޑުވުން ފާޅުކުރައްވައި ޝައިޚް ވިދާޅުވީ ހަމަލާ ދޭން އުޅުނު މީހާގެ ވާހަކަތައް ހުރީ ނަފްސާނީ ބަލި މީހެއްގެ ވާހަކަތައް ހުންނަ ގޮތަށް ނޫން ކަމަށެވެ. އަދި އެފަދަ މީހުން މުޖުތަމަޢުއަށް ދޫކޮށްލާފައި ހުންނާތީ ވެސް ޝައިޚް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ދީނުގެ މަގުގައި ހިފުމަށް ވަކާލާތުކޮށް އެކަމަށް މަސައްކަތް ކުރާ މީހަކަށް ދީނަށް ލޯބި ކުރައްވާ އެންމެން ބައިއަތު ހިއްޕަވާ މިގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކޮށްދެއްވާ.ބަދުރުން މިސާލު ނަންގަވާ.ކާމިޔާބާއި ފަލާޙު އޮތީ އެގޮތުގައި.
##އެފަދަލީޑަރަކަށް ފެންނަންހުރީ ޢުމަރު ނަޞީރު.
އިންޒާރުދިނަސް މެރިޔަ ވަޅިހެރިޔަސް ވާކަމެޢޙަރާމް މިއީ ނަމު ’/. 100 ކަމުޒީރޮ ޤައުމެއް؟
Migaumuga dhivehi rayyithun nah amankameh neiy iruvsarukaaru gadha nidheega