ށ. ބިލެއްފަހީ ސްކޫލުގައި ހަތަރު ކުލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އަޅަން މިއަދު ހަވާލުކޮށްފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައި ވަނީ އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.
އެޑިޔުކޭޝަނުން މިނިސްޓްރީން ވިދާޅުވާގޮތުގައި މި މަޝްރޫޢުއަށް 17،367،860.66 ރުފިޔާ ޚަރަދު ވާނެއެވެ. އަދި މި މަސައްކަތް ހަވާލުކުރީ 365 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.
ށ. ބިލެތްފަހީ ސްކޫލަކީ 143 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުންދާ ސްކޫލެކެވެ.