ކޯލިޝަނޭ ކިޔާފައި މިއަދު އެއްޗެއް އެބައޮތް ކަމަށާއި, އެކަމަށްޓަކާ ވެސް އުފާކުރައްވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމިއްލަފުޅަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި އަހަރުތަކެއް ވަންދެން ހުންނެވުމަށްފަހު ކުރީގެ ޓްރާންްސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް މިއަދު އެނބުރި ރާއްޖެ ވަޑައިގަތުމުން ޤާސިމް އެއާޕޯޓަށް ވަޑައިގަތެވެ. އެ ތަނުގައި ހުންނަވާ ”މި“ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޤާސިމް ވިދާޅުވީ ސަރުކާރު ކޯލިޝަނުގެ އެއްބަސްވުން އޮތީ މި ދައުރަށް ކަމަށާއި, އެ ގޮތުން ދައުރު ނިމެންދެން އިޚްލާސްތެރިކަމާއެކު ދެމިތިބޭނެ ކަމަށެވެ.
ކޯލިޝަން ދެމި އޮތަސް ލިބޭނެކަމަށް އެއްބަސްވި ހިއްސާގެ %100 ނުލިބޭ ކަމަށާއި, ނަމަވެސް ކޮންމެ ވެސް ސިފައެއްގައި ކޯލިޝަން އޮތުމުން އުފާކުރައްވާ ކަމަށެވެ.
”ކޮންމެސް ސިފައެއްގައި ކޯލިޝަނޭ ކިޔާފައި އެއްޗެއް އެބައޮތް. އެކަމަށްޓަކާ ވެސް އަޅުގަނޑުމެން އުފާކުރަން. އޭގައި އޮންނާނީ ރަނގަޅާ ނުބައި. ކޮންމެ ސަރުކާރެއްގައި ވެސް އޮންނާނީ ޕްލަސްއާއި މައިނަސް.“
އެމްޑީޕީގެ މި ސަރުކާރުން ވެރިކަމަށް އައީ ޖޭޕީއާއި އަދާލަތާއި އެމްއާރްއެމްއާއެކު ހެދި ކޯލިޝަނުގެތެރެއިންނެވެ. ރައީސް ޞާލިޙް ވަނީ ކޯލިޝަން ދަމަހައްޓަވާނެކަމަށް ވެސް ވިދާޅުވެފައެވެ.
އުފާވާނެތާ! އަނބިގޮއްޔެ ވަޒީރު ދޯ!!!