ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާރސަން އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޞާލިޙަށް ތޫނު އެއްޗަކުން ހަމަލާދިން މަންޒަރު ފެންނަ ވީޑިއޯ ޢާންމުވެއްޖެއެވެ.
ތޫނު އެއްޗަކުން ޢަލީ ޞާލިޙަށް ހަމަލާދިނީ މިއަދު މެންދުރުފަހު 13:30 ހާއިރު ހުޅުމާލޭގައި ހުންނަ ސޮނީ ހާޑްވެއާ ފިހާރަ ކައިރިން ސައިކަލުގައި ދަނިކޮށެވެ. ހަމަލާދޭން މަސައްކަތް ކުރީ ޢަލީ ޞާލިޙްގެ ކަރަށް ނަމަވެސް ކަޓަރު ނެގުމާއެކު ސައިކަލު ދުއްވަން ހިފައިލުމުން ކަޓަރު އެޅިފައިވަނީ ޢަލީ ޞާލިޙްގެ އަތުގައެވެ.
އެ ހާދިސާގައި ލިބުނު ޒަޚަމްތަކަށް ޢަލީ ޞާލިޙް ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވައިފައެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާއަކީ ޖުލައި 01 ވަނަ ދުވަހު ހުކުރު ވަގުތު ކިންގް ސަލްމާނު މިސްކިތުގެ މިންބަރަށް އަރައި ހަމަނުޖެހުން ހިންގި މީހާއެވެ.