ރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢާއިޝާތު ޝާން ޝާކިރު ނޮން-ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ހަ ޤައުމަކަށް އައްޔަންކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ޝާން އައްޔަންކުރަން ނިންމަވާފައިވާ ޤައުމުތައް:
1.ރަޝިޔާ.
2.ފިންލެންޑް.
3.ނޯވޭ.
4.ޑެންމާކް.
5.ޔޫކްރެއިން.
6.ސްވިޑަން.
ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ޝާން މަސައްކަތް ކުރައްވާނީ ޖަރުމަނުގައި ހުންނަވައިގެންނެވެ.
ޝާން އައްޔަންކުރަން ފެނޭތޯ ބެލުމަށްޓަކައި މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ނެގި ވޯޓުގައި އެއް މެންބަރަކު ފިޔަވައި ހުރިހާ މެންބަރުން ވޯޓު ދެއްވީ ފެންނަ ކަމަށެވެ.
ރާއްޖޭގެ ފުރަތަމަ އަންހެން ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމު އަދާކުރެއްވި ޝާން ވަނީ ފޮރިން މިނިސްޓްރީގެ އެހެނިހެން އިސް މަޤާމުތައް ވެސް ފުރުއްވައިފައެވެ.