ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަޤާމަށް ބޭފުޅަކު އައްޔަނުކޮށްފި އެވެ.
މި މާޤަމަށް އައްޔަން ކުރެއްވީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ހުޅުމާލެ ގޯތި 10228 ޞަފާތު އަޙްމަދު ޒާހިރު އެވެ.
ޞަފާތު އަޙްމަދު ޒާހިރު މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައެވެ.
ޞަފާތަކީ ވުމަން އެންޑް ޑިމޮކްރަސީ ޖަމްޢިއްޔާގެ ފައުންޑަރ އަދި ރައީސްއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމު ފުރުއްވުމާއި ފައިނޭންޝިއަލް އެނަލިސްޓެއްގެ ގޮތުގައާއި ބިޒްނަސް އެނަލިސްޓެއްގެ ގޮތުގައި ޞަފާތު މަސައްކަތް ކުރައްވުމުގެ އިތުރުން އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. ޞަފާތު ވަނީ ފައިނޭންސް އެންޑް އިންވެސްޓްމަންޓްސް ދާއިރާއިން ޔުނިވަރސިޓީ އޮފް ނޮޓިންގހަމް އިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ.