ށ. ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށިލުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނެފި އެވެ
ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޑިސެމްބަރު 2019 ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުއަކީ 35.6 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.
އެ މަޝްރޫއުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ނިންމާލާފައިވާ އިރު، އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކުރީޓް ގާ އެތުރުމުމުގެ މަސައްކަތް ފަށާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
މި މަޝްރޫއުގެ ދަށުން 27،500 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރާނެ އެވެ. އަދި 378 މީޓަރުގެ ބޭރު ތޮއްޓަކާއި 90 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 276ގެ އެއްގަމު ތޮއްޓެއްގެ އިތުރުން 1،380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓު ހެދުމާއި މަގު ބައްތި އާއި ނެރު ބައްތި ހަރުކުރުން ހިމެނެ އެވެ.