ބޭނުންޖެހިފައިވާ 100 އަށްވުރެ ގިނަ އާއިލާއަށް ބޭންކް އޮފް މޯލްޑިވްސްއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ. މިއީ ބީއެމްއެލާއި އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ބައިނަލްއަގްވާމީ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅިގެން ބޭނުންޖެހިފައިވާ އާއިލާތަކަށް ބީއެމްއެލުން އެހީ ވެފައި ވަނީ އަސާސީ ކާބޯތަކެތީގެ ޕެކޭޖު ފޮނުވައިގެންނެވެ.
ނިމިދިޔަ ހަފްތާ ބަންދުގައި ފެށި މި ޕްރޮގްރާމުގެ ދަށުން މިއަދުގެ ނިޔަލަށް 100 އަށް ވުރެ ގިނަ އާއިލާތަކަށް ކާބޯތަކެތީގެ ޕެކޭޖް ފޮނުވާފައި ވެއެވެ. މިއީ މާލެ ސަރަހައްދުގައި ތިބި އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ބީއެމްއެލް އިން ވަނީ މިދިޔަ އަހަރުގެ ރޯދަ މަދު އާއިލާތަކަށް އެހީވުމަށް އާކްއަށް 100،000ރ. ހަދިޔާކޮށްފަ އެވެ.