އިންސާނާގެ ހަށިގަނޑު އެންމެ ފުރިހަމަ ގޮތުގައި ހިނގުމަށް އެތައް މާއްދާއެއް ހަށިގަނޑަށް ބޭނުންވެ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެކައްޗަކަށް ޕްރޮޓީންވާނެ އެވެ.
ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކުގެ ތެރޭގައި ހިމެނޭ ޕްރޮޓީންއަކީ އިންސާނާގެ ހެދިބޮޑުވުމަށާއި މަސްތައް ވަރުގަދަކުރުމަށްޓަކައި ވެސް ބޭނުންތެރި މާއްދާއެކެވެ. މިއީ ހަށިގަނޑު ބިނާކުރުމަށާއި، މަރާމާތު ކުރުމަށް ބޭނުންވާ ތަކެތި ކަމުގައި ބެލެވޭއިރު ހަށިގަނޑުގެ ހުރިހާ ސެލޯށި އެއްގައި އާއި، ދިރު ތަކުގައި ޕްރޮޓީން އެކުލެވިގެންވެ އެވެ.
ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ޕްރޮޓީންއަކީ މުހިންމު މާއްދާއެކެވެ. ޕްރޮޓީން އިން ކަސްރަތުކުރުމުގެ ސަބަބުން ހަށިގަނޑުން އިރައިގެންދާ މަސްތައް އަލުން އިޔާދަ ކޮށްދީ، ހަށިގަނޑަށް ގެންނަން ބޭނުންވާ ބަދަލު ގެނައުމުގައި ޕްރޮޓީން މުހިންމު ރޯލެއް އަދާކުރެއެވެ.
ހަށިގަނޑުން ޕްރޮޓީންސް މަދުވާނަމަ ފޮނި ކެއުންތަށް ކާހިތްވާނެއެވެ. ސަބަބަކީ ޕްރޮޓީންއަކީ ލޭގައި ހަކުރުގެ މިންވަރު އެއްވަރެއްގައި ބެހެއްޓުމަށް އެހީތެރިވެދޭ މާއްދާއަކަށްވާތީއެވެ. ފޮނި އެއްޗެއްސަކީ ހަށިގަނޑު ފަލަކޮށް ބަރުދަން އިތުރުކޮށްދޭ އެއްޗެކެވެ.
ދުވާލުގެ ތިންއިރު ކެއުމުގައި ވެސް ޕްރޮޓީން ގިނަ ބާވަތްތައް ހިމެނުމަކީ ބަރުދަން ލުއިވުމަށް އެހީވާނެ ކަމެކެވެ. އެގޮތުން ބިހާއި ކިރު، މަހުގެ ބާވަތްތަކުގެ އިތުރުން ބަދަނުގެ ބާވަތްތަކަކީ ޕްރޮޓީން ގިނަ އަދަދަކަށް ލިއްބައިދޭ ކެއުންތަކެވެ.
ހަށިގަނޑަށް ބޭނުންވާ މިންވަރަށް ޕްރޮޓީންސް ނުލިބޭނަމަ ކަށިތަށް ފީވެ ކަށިތަށް ބިންދައިގެން ދިޔުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. މީގެ އިތުރުން އާ ސެލްތަކާއި ޓިޝޫތައް އުފެއްދުމަށް ވެސް ޕްރޮޓީން ބޭނުންވެއެވެ.