ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ އޭނާގެ ބަރުދަން 30 ކިލޯ ލުއި ކޮށްލި ގޮތަކީ އެންމެން އާށޯހު ކުރުވި ކަމެކެވެ.
ސޮނާކްޝީ ހާމަކޮށްފައިވާ ގޮތުގައި ކަސްރަތު ކުރުމަކީ މީގެ ކުރިން އޭނާ އެހާ ކުރާހިތްވާ ކަމެއް ނޫން ކަމަށެވެ. އަދި ޖަންކްފުޑް އާއި އެކި ފާޑުގެ ފޮނި އެއްޗެހި ކެއުމަކީ އޭނާގެ އާދަ ކަމަށް ވެސް ސޮނާކްޝީ ވަނީ ހާމަކޮށްފައެވެ.
2010 ވަނަ އަހަރުގައި ސަލްމާން ޙާންގެ ދަބަންގް ފިލްމުން ފުރުސަތު ލިބި ސޮނާކްޝީ އަށް ވަނީ 30 ކިލޯ ލުއި ކުރަން ޖެހިފައެވެ. ސޮނާކްޝީ ހާމަކުރި ގޮތުގައި އޭނާ އެންމެ ފުރަތަމަ ކަމަކަށް އޭނާގެ ކެއުމުގައި ގެންގުޅޭ ސިފަ ތަކަށް ބަދަލު ގެނެސް ހަށިގަނޑަށް ގެއްލުންވާ ހުރިހާ ބާވަތެއްގެ ކާނާ އޭނާ އެއްކޮށް ހުއްޓާލީ ކަމަށެވެ.
އޭނާ ގެންގުޅުނީ ވަރަށް އާދައިގެ ޑައިޓްއެއް ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ތަރުކާރީ އާއި މޭވާ އަދި ފެނުކެއްކި ބިސްގެ އިތުރުން ގްރީން ޓީ އަކީ އޭނާ ކެއުމުގައި ބޭނުންކުރި އެއްޗެހި ކަމަށް ސޮނާކްޝީ ވަނީ ހާމަކޮށްފައެވެ. އަދި ކޮންމެ ދުވަހަކު އިރުއޮއްސި 6 ގެ ފަހުން ރޭގަނޑު ނުކައި ކަމަށާއި އޭނާ އަވަހަށް ނިދާ ހެދުމުގެ ސަބަބުން ދަންވަރަށް ބަނޑުހައި ނުވާ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
އަދި ކޮންމެ ދުވަހަކު ދެއިރު އޭނާ ކަސްރަތު ކުރާ ކަމަށާއި ދުވާލަކު މަދުވެގެން 30 މިނެޓް އޭނާ ދުވެ ހަދާ ކަމަށް ވެސް ސޮނާކްޝީ ވަނީ ހާމަކޮށްފައެވެ. މިގޮތަށް އަމަލު ކޮށްފި ކޮންމެ މީހެއްގެ ހަށިގަނޑު ރީތި ބައްޓަމެއްގައި ހުންނާނެ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.