ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓްގެ ނަން ބަދަލު ކުރަން އުޅޭ ކަމަށް އާލިއާ ހާމަކޮށްފިއެވެ.
އާލިއާ ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ނަން ”އާލިއާ ބަޓް ކަޕޫރު“ އަށް ވަރަށް އަވަހަށް އޭނާ ބަދަލު ކުރާނެ ކަމަށެވެ. އޭނާއަކީ މިހާރު ކަޕޫރު އާއިލާއަށް ނިސްބަތްވާ މީހެއް ކަމަށާއި އޭނާއަށް މީހުން މުޙާތަބް ކުރާ އިރު ކަޕޫރުގެ ނަން ފަހަތަށް އަންނަން ޖެހޭނެ ކަމަށް އާލިއާ ވަނީ ހާމަކޮށްފައެވެ.
ނަމަވެސް ރަންބީރު އާއި ކައިވެނި ކުރި ނަމަވެސް މީހުން އޭނާއަށް މުޙާތަބް ކޮށް ”އާލިއާ ބަޓް“ ކިޔަމުން ދާކަމަށް އޭނާ ވަނީ ހާންކޮށްފައެވެ. އެގޮތުން ވަރަށް އަވަހަށް އޭނާގެ ޕާސްޕޯޓްގެ ނަން އޭނާ ބަދަލު ކުރާނެ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
މި އަހަރުގެ އޭޕްރީލް މަހު ކައިވެނި ކުރި އާލިއާ އާއި ރަންބީރަށް ކުއްޖަކު ލިބެން އުޅޭ ކަމުގެ އުފާވެރި ޙަބަރު ވެސް އާލިއާ ވަނީ ސަޕޯޓަރުން ނާއި ހިއްސާކޮށްފައެވެ.