ސްރެޗް މާކްސް އަކީ މީހުންގެ ހަންގަނޑުގައި އާންމު ގޮތެއްގައި ވަރަށް ގިނައިން ނަގާ އެއްޗެކެވެ. ސްޓްރެޗް މާކްސް އާންމު ގޮތެއްގައި ނަގައި އުޅެނީ ބަނޑު ބޮޑުވުމުންނާއި ބަރުދަން އެކިވަރުގައި ހުރުމުންނެވެ.
އެގޮތުން ސްޓްރެޗް މާކްތައް ފިލުވާލަން ހަކުރު ބޭނުން ކުރެވިދާނެ އެވެ. ހަކުރަކީ ހަންގަނޑަށް ދިމާވާ އެކި މައްސަލަތަކުގައި ބޭނުން ކުރެވިދާނެ އެއްޗެކެވެ. ސްޓްރެޗް މާކްތައް ފިލުވާލުމަށް އެއް ސަމުސާ ހަކުރު އަލްމަންޑް އޮއިލްއާ ލުނބޯހުތާ އެއްކޮށްފައި މާކްތައް ހުރި ހިސާބުގައި 8-10 މިނެޓް ވަންދެން އުގުޅާށެވެ. އެއަށްފަހު ދޮވެލާށެވެ. މިހެން 1 މަސް ދުވަންދެން ތަކުރާރު ކުރާށެވެ. ތަފާތު ފާހަގަ ވާނެއެވެ.
3 އެލޯވެރާ ފަތަކީ ހަށިގަނޑުގެ ހަމަށް ވަރަށްވެސް ފައިދާ ހުންނަ ފަތެކެވެ. ފަތުގެ ޖެލް ބޭރުކޮށް އޭގެއިން މާކު ހުރި ހިސާބުގައި ހާކާލާފައި ދެގަޑިއިރު ވަންދެން ބަހައްޓާލާފަ ދޮވެލާށެވެ. ހަފްތާއެއް ތެރޭ ނަތީޖާ ފެންނަން ފަށާނެއެވެ.
ބިހަކީވެސް ހަންގަނޑަށް ދިމާވާ މައްސަލަތަކަށް ފަސޭހައިން ހައްލު ހޯދުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ބިހުގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވިގެންވާތީ ހަންގަނޑުގެ ޓީޝޫތަކާއި ސެލްތައް އަލުން މަރާމާތުކޮށްދެ އެވެ. ބިހުގެ ހުދުބައި އުލެއް ބޭނުން ކޮށްގެން ކުޑަކޮށް ގިރާލުމަށްފަހު މާކްތައް ހުރި ހިސާބުގައި ހާކާފައި ހިކެންދެން ބަހައްޓާށެވެ. ހަފްތާއަކު 3 ފަހު މިގޮތަށް ތަކުރާރު ކުރުމުން ސްޓްރެޗް މާކްސް ފިލުވަން އެހީވެ ދެއެވެ.
މީގެ އިތުރުން މާބަނޑު ދުވަސްވަރު ބިޓަ އަލްމަންޑް އޮއިލް އިން ބަނޑު މަސާޖްކުރާނަމަ ސްޓްރެޗް މާކްސް ލާ މިންވަރު މަދުވެ އެވެ.