ގއ.ދާންދޫން މިނިކަށިގަނޑެއް ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި އެ ރަށު ގޮނޑު ދޮށުން ފެނިފައިވަނީ އެންމެ ކަށިގަނޑެކެވެ. އެކަން ފުލުހުންނަށް ރިޕޯޓުކުރީ ޢާންމު ރައްޔިތެކެވެ.
އެ ރަށު ކައުންސިލާ ހަވާލާދީ އަދަދުން ރިޕޯޓުކުރި ގޮތުގައި އެ ކަށިގަނޑު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. އެ ކަށިގަނޑު ފެނުނު ސަރަހައްދު ބަލާ ފާސްކޮށްފައިވާއިރު އިތުރު ކަށިގަނޑެއް ނުފެނެއެވެ.
އެ ކަށިގަނޑަކީ އިންސާނެއްގެ ކަނާތު ފައިގެ ހުޅަށްވުރެ މަތީގައި އިންނަ ކަށިގަނޑުކަމަށް ޑޮކްޓަރަކާ ހަވާލާދީ ދާންދޫ ކައުންސިލުގެ ރައީސް މުޙައްމަދު އާސިފް ވިދާޅުވިއެވެ.