ކޯފާއެއް އައުމުގެ ކުރިން ފާޙިޝް އަމަލުތައް ހުއްޓުވަން ފިޔަވަޅު އަޅަންޖެހޭކަމަށް ޑރ.މުޙައްމަދު އިޔާޟް މިރޭ ވިދާޅުވެއްޖެއެވެ.
އިޔާޟް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި އެއް ޖިންސުން ގުޅުން ހިންގުން ޢާންމުވެ, އެ ކަން ކުރާ ފަރާތްތަކަށް ފިޔަވަޅު ނާޅާތީ ޢާންމުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ވަގުތެއްގައެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސް ފައިޞަލް ނަސީމަށް ޓެގްކުރައްވައި އިޔާޟް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިލާހީ ކޯފާއެއް އައިސް މުޅި ޤައުމު އެއްކޮށް ހަލާކުވެގެން ދިޔުމުގެ ކުރިން ފާޙިޝް ޢަމަލުތައް ހުއްޓުވަންޖެހޭ ކަމަށެވެ. އަދި
އެކަމަށް މަގުފަހިކޮށްދޭ އެންމެހައި ކަންކަން ހުއްޓުވަންޖެހޭކަމަށް ވެސް އިޔާޟްގެ ޓުވީޓުގައި ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން އިޔާޟް ވިދާޅުވީ ލިވާޠުކުރުން ފަދަ ހަޑިމުޑުދާރު ފާޙިޝް ޢަމަލުތައް އެއީ ކުޑަކަމެއްގެ ގޮތުގައި ބަލައި, އެކަންކުރާ މީހުންނަށް ފިޔަވަޅެއް ނާޅައި މުޖުތަމަޢުގެ ތެރެއަށް އެ ޖަރާސީމުތައް ދޫކޮށްލުމަކީ ނުހަނު ނުރައްކާތެރި ކަމެއް ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލުން ބޮޑެތި ކުށް މިންކުރާ މިންގަނޑު އިސްލާހު ކުރަންޖެހޭ.“ އިޔާޟް ވިދާޅުވިއެވެ.
އިޔާޟް މިހެން ވިދާޅުވިއިރު ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެއްކޮށް ލިވާތުކުރިކަމުގެ ތުހުމަތުގައި ހައްޔަރުުރި މީހުން މިހާރު ވަނީ ދޫކޮށްލައިފައެވެ.
Ekankuranee Solihutha Thahugeegee Maruhalaain Ekankuraane Dr.Iyaz
ދީނުގެ މަގުގައި ހިފުމަށް ވަކާލާތުކޮށް އެކަމަށް މަސައްކަތް ކުރާ މީހަކަށް ދީނަށް ލޯބި ކުރައްވާ އެންމެން ބައިއަތު ހިއްޕަވާ މިގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކޮށްދެއްވާ.ބަދުރުން މިސާލު ނަންގަވާ.ކާމިޔާބާއި ފަލާޙު އޮތީ އެގޮތުގައި.