މީހަކަށް ކަމެއްގައި ކުރިޔަށް ދެވޭނެ ހުރިހާ މަގެއް ބަންދުވެ މަޖުބޫރުވެގެން ކަމެއް ދޫކޮށްލުމަކީ މަދަހަ ސަނާ ކިޔަންޖެހޭ ކަމެއްތޯ ޝައިޚް ޢަލީ ޒައިދު ސުވާލުކުރައްވައިފިއެވެ.
ބަރުލަމާނީ ނިޒާމު ގެނައުމާ ގުޅޭ ގޮތުން އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްއަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި ޤަރާރު އަނބުރާ ވަނީ ގެންދަވައިފައެވެ. ނަމަވެސް ނަޝީދު ޤަރާރު އަނބުރާ ގެންދެވީ އެކަމަށް އެއްވެސް ތަރުހީބެއް ނުލިބުމުންނެވެ. އެކަމަކު އެމްޑީޕީގެ ނަޝީދު ފެކްޝަނުން ދެކޭ ގޮތުގައި އެއީ ނަޝީދު ޕާޓީއާއެކު ހުންނެވިކަމުގެ ރީތި މިސާލެކެވެ. ޑިމޮކްރެޓިކް ވެރިއެއްގެ ރިވެތި ސިފަ ކަމަށެވެ.
އެކަމަށް ޢިޝާރަތްކުރައްވައި ޒައިދު މިރޭ ވަނީ މީހަކަށް ކަމެއްގައި ކުރިޔަށް ދެވޭނެ ހުރިހާ މަގެއް ބަންދުވެ މަޖުބޫރުވެގެން ކަމެއް ދޫކޮށްލުމަކީ މަދަހަ ސަނާ ކިޔަންޖެހޭ ކަމެއްތޯ ސުވާލު ކުރައްވައިފައެވެ. އަދި މަޖުބޫރުންކަމެއް ކުރާ މީހަކީ ރިވެތި ސިފަ ހުރެގެން ގޮތް ދޫކޮށްގެން ކަންކަން ކުރާމީހެއްގެ ގޮތުގައި ސިފަކޮށްދޭން އުޅުނަކަސް އެކަމެއް ނުވާނެކަމަށާއި, އޮޅުވައިލަން ނޫޅުމަށް ޒައިދު ވިދާޅުވިއެވެ.
މަލާމާތެއް ފުރައްސާރައެއް ނެތިނުބައެއް ނުހިމެނޭ ކޮމެންޓެއް ނުޖަހާތި.
﴿ ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ ۖ وَجَادِلْهُم بِالَّتِي هِيَ أَحْسَنُ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ ۖ وَهُوَ أَعْلَمُ بِالْمُهْتَدِينَ﴾
[ سورة النحل:
ދޮންކަލޯ. އަޅުގަނޑުގެ ޒެއިދު. ކަނޑި ބޯމައްޗަށް އައުމުން ތި ވިދާޅުވިހެން ދެވަނަގޮތެއް ނެތިިގެން ޝަހާދަތް ކީ
މީހާއަށް ރަސޫލާ ޚާލިދަށް ދެއްވި ޖަވާބު. އޭނާގެ ހިތް ފަޅައިގެން ބެލީތޯ؟ އޭ އަޅުގަޑުގެ އަޚާ ެ
ﷲ އަށް ބިރުވެތިވެ!
ދީނުގެ މަގުގައި ހިފުމަށް ވަކާލާތުކޮށް އެކަމަށް މަސައްކަތް ކުރާ މީހަކަށް ދީނަށް ލޯބި ކުރައްވާ އެންމެން ބައިއަތު ހިއްޕަވާ މިގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކޮށްދެއްވާ.ބަދުރުން މިސާލު ނަންގަވާ.ކާމިޔާބާއި ފަލާޙު އޮތީ އެގޮތުގައި.
މިހިރީވާޝައިޙެއް ޙަސަދަވެރިވިއަސް މިއީ ބޮޑު ވަރު މީނަ މޫސާއަންވަރުފަދަ ބެއިފުޅުން ނަމޫނާއަކަށް ބެލުންމުހިންމު ވަކަރުގޭ ބަހުރުވަ ބެއިނުން ކުރީމަ ވަރަށް ހަޑި