އެމްޑީޕީއަށް 17 އަހަރުވީއިރު ވެސް އަދި ފިރުކޭ މަރުހަލާއަށް ނުދާކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިހެން ވިދާޅުވީ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްއަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި ޤަރާރު އަނބުރާ ގެންދެވުމުން އެކަމަށް ޢިޝާރަތް ކުރައްވައެވެ.
މަލީހް ވިދާޅުވީ ޕާޓީގެ އެތެރޭގެ ކަމެއްގައި ގޮތް ނިންމުމުގެ ކެޕޭސިޓީއެއް އެމްޑީޕީއަކު ނެތް ކަމަށެވެ. އެހެންވީއިރު ޤައުމެއް ހިންގުމުގައި އެމްޑީޕީއަށް ބޮޑެތި ނިންމުންތައް ނިންމޭނީ ކިހިނެއްތޯ މަލީހް ސުވާލު އުފެއްދެވިއެވެ.
ޕާޓީގެ އެތެރޭގެ ކަމެއްގައި ގޮތް ނިންމުމުގެ ކެޕޭސިޓީއެއް ނެތް. ދެން ކިހިނެތްތޯ ބޮޑު ޤައުމެއް ހިންގުމުގައި ނިންމުންތައް ނިންމޭނީ. ގެރިމަރުވާއިރުވެސް ވެޔޮދޮށު ގަދަ ޒުވާބުގައި.“
މަލީހް ވިދާޅުވީ އެމްޑީޕީއަށް 17 އަހަރުވީއިރު ވެސް އަދި ފިރުކޭ މަރުހަލާއަށް ނުދާ ކަމަށެވެ.
”އެހެންތާ ވާނީ ބޮލަށް ބާރުވެލާއިރަށް އޮށޯންނަންޖެހޭ ވިއްޔާ.“ މަލީހް ވިދާޅުވިއެވެ.
މިނޫހުގަ މީނަގެޚަބަރު މިހާވަރަށްމިލިޔަނީ މީދެންހަމަ ފޭލިއަރެއްކަން ނޭގެނީތައަޅެފަހެ؟؟؟؟
3ސަރުކާރުގަ މަސައްކަތްކޮށް ފޭލިވެން ދިއުމުންވެސް އެއްޗެއް ނުވިސްނޭނެ މޮޔައިންނަކަށް….ލާހޫރޭ…