އެމްޑީޕީއަށް ރަނގަޅު ގޮތް ނުވެއެއް ރާއްޖެއަށް ރަނގަޅު ގޮތެއް ނުވާނެކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.
ކޮންގްރެސްއާ މެދު ދެކެވަޑައިގަންނަވާ ގޮތާމެދު ވޮއިސް ނޫހުން ސުވާލުކުރުމުން ޝިއްޕެ ވިދާޅުވީ ކޮންގްރެސް ނިމިގެން މަންދޫބުން ގެއަށް ވަޑައިގަންނަވަންޖެހޭނީ ނުވަތަ އެނބުރި ރަށަށް ވަޑައިގަންނަވަންޖެހޭނީ ހިތްހަމަޖެހިގެން ކަމަށާއި, ކޮންގްރެސްގެ މަންދޫބުންގެ ހިތަށް މިހާރު ތަސައްލީއެއް ލިބޭނެ ކަމަށާއި އެވަރު ހާސިލްކޮށްދެވިއްޖެ ކަމަށެވެ.
”މި ކޮންގްރެސް ފެށުނު ފަހުން އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަޅުގަނޑުމެންނަށް ނެގޯޝިއޭޓް ކުރެވެން ފެށިއްޖެކަމަށް ކަންކަމަށް. އޭގެ މައްޗަށް އަޅުގަނޑުމެންނަށް ކުރިއެރުންތަކެއް މި ހޯދުނީ. މީ ޑިމޮކްރެޓިކް ޕާޓީއަކުން ފެންނަންޖެހޭނެ ކަންކަން. މިކަންކަން މި ޕާޓީން ފެނުނީމަ ޙަޤީޤަތުގަ މީ ޕާޓީއަކަށްވަނީ.“ ޝިއްޕެ ވިދާޅުވިއެވެ.
ޝިއްޕެ ވިދާޅުވީ ރާއްޖޭގެ މަސްލަހަތަކީ އެމްޑީޕީކަން އެންމެންނަށް އެނގޭ ކަމަށެވެ. އެމްޑީޕީއަށްވާ ގޮތެއް މި ރާއްޖެއަށް ވެސް ވާކަމަށާއި, އެހެންކަމުން އެމްޑީޕީއަށް ވާންޖެހޭނީ ރަނގަޅު ގޮތް ކަމަށެވެ.
”އެމްޑީޕީއަށް ރަނގަޅު ގޮތް ނުވެއެއް ރާއްޖެއަށް ރަނގަޅު ގޮތެއްނުވާނެ.“
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅައިލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައްވައި އެމްޑީޕީގެ ކޮންގްރެސްއަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި ޤަރާރާ ގުޅިގެން ކޮންގްރެސް ފެށުނުއިރުއްސުރެ މިއަދު މެންދުރާ ހަމައަށް އޮތީ ހައިޖާނުގަނޑެއްގެ ތެރޭގައެވެ. ނަމަވެސް ރައީސް ޞާލިޙާ ދެ ބޭފުޅުން މަޝްވަރާކުރެއްވުމަށްފަހު ނަޝީދު ވަނީ ޤަރާރު އަނބުރާ ގެންދަވައިފައެވެ.
ބޯންބޭނުންވާގޮތާއި ލިވާތު ބޮޑުނިންމުމަކީ
ބޯންބޭނުންވާގޮތާއި ލިވާތު ބޮޑުނިންމުމަކީ
ކަމެއްދަމެެއް ނުދަތަސް މޮޅު ބަސްބަސް ބުނެލަން އެނގުމަކީ ވެސް މައްޗަކަށް ކުފޫހަމަވާ ކަމެއް ކަމަށް ދެކޭ މީހުން މިހާރު މިޤަވްމުގައި ވަރަށް ގިނަވެއްޖެ