ނިމިގެން މިދަނީ ވަރަށް ފުރިހަމަ ވަރަށް ކާމިޔާބު ކޮންގްރެސްއެއްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ތިން ދުވަހަށް ކުރިއަށްގެންދާ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ފެށީ މި މަހުގެ 19 ވަނަ ދުވަހުގެރޭގައެވެ.
ކޮންގްރެސްގައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ނިމިގެން މިދަނީ ވަރަށް ފުރިހަމަ ވަރަށް ކާމިޔާބު ކޮންގްރެސްއެއް ކަމަށެވެ. އަދި މި ތަނަށް ހާޒިރުވެ ތިބި 1200 އެއްހައި ކޮންގްރެސްމަނުން މިއަދު މިތަނުން ނުކުމެގެންދާނީ ވަރަށް އުފަލުންކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮންގްރެސް މިހާ ފުރިހަމަކޮށް ގެންދިއުމުގައި ހަރަކާތްތެރިވި ޕާޓީގެ ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ރިޔާސަތު މިހާ ފުރިހަމަކޮށް އިންތިޒާމުކޮށް ގެންދެވުމުގައި ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.