ރައިސް އިބުރާހިމް މުހައްމަދު ޞާލިޙް ވެރިކަމާ ހަވާލުވިއިރު ދިވެހިރާއްޖެ އޮތީ ބައިނަލްއަޤްވާމީ ގޮތުން ވަރަށް ބޮޑަށް އެކަހެރިވެފައެވެ. މިކަމަށް ނިމުމެއް ގެންނަވާފައި މިވަނީ އެހެން ޤައުމުތަކުގެ އިހުތިރާމާއި ޤަދަރު ލިބިފައިވާ ޤައުމަކަށް މިގައުމު ހަދައި ދެއްވާފައެވެ.
ބައިލެޓަރަލް ބަލާލާ އިރު އެމަނިކު ފާނުން ވަނީ 8 ޤައުމަކާއި އެކު ސިޔާސީ ގުޅުން ގާއިމް ކުރައްވާފައެވެ. އަދި ގުޅުން ކަނޑާލާފައިވާ ގަތަރާއެކު ގުޅުން ގާއިމްކޮށް އދ 180 ގައުމާއެކު ސިޔާސީ ގުޅުން ގާއިމް ކުރަވާފައެވެ.
ގައުމުތަކުގެ އިތުބާރު ބޮޑުވެ އިނގިރޭސި ހައި ކޮމިޝަނެއް މުޅިން އަލަށް ވަނީ ރާއްޖޭގައި ހުޅުވިފައެވެ. އަދި އެމެރިކާއާއި އޮސްޓްރޭލިޔާގެ ކޮމިޝަން ހުޅުވަން ދަނީ ތައްޔާރު ވަމުނެވެ.
ރައީސް ޞާލިޙްގެ ސަރުކާރުން ވަނީ 37 ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރައްވާފައެވެ. އަދި ވޮޝިންޓަން ޑީ.ސީ އާއި މޮސްކޯގައި ދިވެހިރާއްޖޭގެ އެމްބަސީތައް ހުޅުވަން ދަނީ ތައްޔާރުވަމުންނެވެ.
އެމަނިކުފާނު 8 ގައުމެއްގެ ދައުވަތަށް ކުރެއްވި ރަސްމީ ދަތުރު ތަކުގައި 3.21 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ. މީގެތެރޭގައި އިންޑިޔާއިން 2.65 ބިލިޔަން ޑޮލަރުގެ އެހީ އާއި ޖަޕާނުން 70.6 މިލިއަން ޑޮލަރުގެ އެހީއާއި، ޔޫ.އޭ.އީން 55 މިލިޔަން، ސައުދީން 59 މިލިޔަން، ޗައިނާއިން 88.7 މިލިޔަން، އެމެރިކާއިން 28.4 މިލިޔަން ޔޫރަޕު އިއްތިހާދުން 82.7 މިލިޔަން ޑޮލަރުގެ އެހީ ލިބިފައިވެއެވެ. އަދި މުޅިން އަލަށް އީ.ޔޫގެ މަލްޓި އެނުއަލް އިންޑެކޭޓިވް ޕްރޮގްރާމް 2021-2027 ގެ ދަށުން 12 މިލިޔަން ޔޫރޯ ދިވެހިރާއްޖެއަށް ވަކިން ހާއްސަކުރެވުނެވެ.
މަލްޓިލެޓަރަލް ދާއިރާއިން މިހާތަނަށް އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބީއަކީ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ދިވެހި ދަރިޔަކަށް ލިބުމެވެ.