އުރީދޫން 50ރ. އަށް 10 ޖީބީ ޑޭޓާ ދުވާލެއްގެ މައްޗަށް ލިބޭ ވަގުތީ ޕެކޭޖެއް ތައާރަފްކޮށްފި އެވެ.
އުރީދޫއިން ބުނީ އެ ކުންފުނީގެ ’މަގޭ ޕަވާ ޕެކް 500‘ ޚިޔާރު ކުރުމުން، އެއް މަހަށް ބޭނުން ކުރެވޭ ގޮތަށް 50 ޖީބީ 500 ރުފިޔާއަށް ލިބޭނެ ކަމަށެވެ.
ހަމައެއާއެކު، ’މަގޭ ޕަވާ ޕެކް 50’އަކީ އެއް ދުވަހަށް ބޭނުން ކުރެވޭ ގޮތަށް، 50 ރުފިޔާއަށް 10 ޖީބީ ލިބޭ ޕެކޭޖެކެވެ.
އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް އެ ޕެކޭޖުތައް ގަނެވޭނެއެވެ.
އުރީދޫން ބުނިގޮތުގައި، މަގޭ ޕަވާގެ ދެ ޕެކޭޖަކީ ވެސް ވަގުތީ ޕެކޭޖުތަކެކެވެ. އެކަމަކު އެ ޕެކޭޖުތައް ލިބެން ހުންނާނީ ކިހާ ދުވަހަކަށް ކަމެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.
”މަގޭ ޕަވަ ޕެކްސް“ ފަރުމާކޮށްފައިވަނީ ޕްރިޕެއިޑް ކަސްޓަމަރުންނަށް، ގޭމުކުޅުމާއި ފިލްމް ނުވަތަ ވީޑިއޯ ސްޓްރީމް ކުރުން ފަދަ އާންމުކޮށް އިންޓަނެޓް ބޭނުން ކުރާ ކަންކަމަށް އެންމެ ފުރިހަމަ ޑޭޓާގެ ހިދުމަތް ދޭން ކަމަށް އުރީދޫން ބުންޏެވެ.