ބަރުލަމާނީ ނިޒާމަކަށް ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް މަސައްކަތްކުރާތީ އެކަމާއި، ގިނިދުށް މީހާ ރަތްމަލަށް ބިރުގަންނަ ފަދައިން ޑީއާރުޕީ ފެކްޝަނުން ބިރުގަންނާނެކަމަށް މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛް މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ބަރުލަމާނީ ޕެޓިޝަންއާއި ގުޅިގެން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނިޝާން ވިދާޅުވީ، ޑީއާރުޕީ އުފެދުނީންސުރެން މިއަދާއިހަމައަށް އައި ކޮންމެ ސަރުކާރެއްްގައި ޑީއާރުޕީ ފެކްޝަނެއް ހަރަކާތްތެރިވަމުން އަންނަކަމަށާއި، ވެރިކަންކުރާ ޕާރޓީތެރޭގައި އެފެކްޝަނުން ހޭބޯނާރާ އަބަދުވެސް މަސައްކަތްކުރާކަމަށެވެ.
އެހެންކަމުން ރިޔާސީ ނިޒާމެއްގައި، އެއިރެއްގައި ވެރިކަންކުރާ ޕާރޓީތެރެއަށް ފަސޭހައިންވަދެ އެއިރެއްގައި އޮންނަ ސަރުކާރަކުން ބައިނަގަން ފަސޭހަވާކަން އެންމެ ރަނގަޅަށް ދެނެހުންނާނެ މީހުން ތިބީ ޑީއާރުޕީ ފެކްޝަނުގައިކަމަށް ނިޝާން ވިދާޅުވި އެވެ.
”އެނބުރޭ ވަހުތާނައެއްފަދައިން އެނބުރޭ މީހުންނަށް ބަރުލަމާނީ ނޫނެކޭ ބުނާކަމާއި، ބަރުލަމާނީ ޤަބޫލުކުރަނީ އިހުލާސްތެރި މީހުންކަަމާއި،ފެންއޮތްތާކަށް މަސްދުވާފަދައިން މޮޅުވާކޮޅު އަބަދު ނަގައިގެން ދުވާ މީހުންނަށް ބަރުލަމާނީގައި ފުރުޞަތު ހަނިވެ ގެއްލޭނެކަން ޑީއާރުޕީ ފެކްޝަނުގެ މީހުންނަށް ވަރަށް ރަނގަޅަށް އިނގޭނެ އިގޭތޯ!“ ނިޝާން ވިދާޅުވި އެވެ.
އެހެންކަމުން ބަރުލަމާނީ ދެކެ އެމީހުން ވަރަށް ބިރުގަންނާނެ، އެއީ ޑީއާރުޕީގައިވެސް ޕީޕީއެމްގައިވެސް އުޅުނު މީހުން، މިހާރު އެމީހުން ތިބީ އެމްޑީޕީގައި ވަކި ހިއްޕާލައިގެން، ނިޝާން ވިދާޅުވިއެވެ. މާދަންވެސް އެމްޑީޕީއަށް ވެރިކަން ގެއްލިއްޖެނަމަ އެމީހުން ދެން އަންނަ ސަރުކާރެއް ހިންގާ ޕާރޓީއަކާއި ގުޅޭނެކަން ފާހަގަކުރަމުން ނިޝާން ވިދާޅުވީ، މިހާރުވެސް އެމީހުން ދާނީ 2023 ގައި މޮޅުވާނެ ބަޔަކު އަޑިއަޑިން ބަލާ ހިސާބުކުރަމުންކަމަށް ޤަބޫލުރާކަމަށެވެ.
އަދި އެކަމުގެ މަޝްވަރާތައް އެމީހުންގެ ތެރޭގައި ސިއްރިއްޔާތުގައި ދަނީ ކުރިއަށްކަމަށާއި،އެތަށް ޕާރޓީތަކާއި ވާހަކަ ދައްކާކަމުގެ މައުލޫމާތާއި ހަބަރުތައްވެސް ލިބޭކަން ނިޝާން ފާހަގަކުރި އެވެ.
ހިތުން މިސްޓަރ ބަރުލަމާނީ ހެދިގެން އުޅެން މީ ދެން ކާކު.. މީހެއް ނޫން ވީމަ ބޭއިންސާފު ހުކުމެއް ކުރިޔަސް އެކަމާވެސް ބަހެއް ބުނަން ނުކެރޭ ބޭފުޅެއްމީ… މީނައަށް ވެސް އިނގޭނެ ޔާމީނު އަށް ކުރި ހުކުމަކީ ރަނގަޅު ހުކުމެއް ނޫންކަން.. ކުށްތަކުގައި ހިމެނޭ މީހުނާ އިއުތިރާފީ އެއްބަސްވުންތައް ހަދާފަ އޭގެން އެލިބޭ ހެއްކަކީ އެކަށީގެންވާ މިންވަރަށް ނޫނީ ޝައްކެއްނެތް މިންވަރަށް މީހެއްގެ މަށްޗަށް ހުކުމެއްކުރަން ބޭނުންކުރެވޭނެ އެއްޗެއްތޯ މިސްޓަރ ބަރުލަމާނީ ބުނެދެއްވާ ބަލަ.. ތިހާ ގައުމަށް އިހުލާސްތެރި ތެދުވެރި ހިދުމަތެއް ކޮށްދެއްވެން ބޭނުންފުޅުވާ ބޭފުޅަކު ގައުމު މިހާލަތުގައި އޮއްވަ މިސްޓަރ ބަރުލަމާނީ ހެދިގެން އެކަމާއެއްނޫން ދޯ ފޫގަޅާނީއެއް.. ހަޖަމު ވިޔަސް ނުވިޔަސް ރާއްޖެ ކަހަލަ ނާޒުކު އިގްތިސޯދެއް އޮތް ކުޑަ ގައުމަކަށް ޖެހޭބޮޑު ތަކުލީފަކަށް ވަނީ ތިޔަ ބަރުލަމާނީ ނިޒާމެއް. ރައްޔިތުންގެ ފައިސާކޮޅު އިސްރާފުވާލެއް ބޮޑުވާނެ. ވާނުވާގައި ތިއްބަ އިރު ަައިރު ކޮޅާ ސަރުކާރުގެ ވަޒީރުންނާ ބޮޑުވަޒީރު ބަދަލު ވާނެ.
ހީވަނީމީ ވ ބަރުލަމާނީ ެެގެންއުޅޭ ބޭފުޅެއްހެން ކީވެބާރަށްއިލޮށިންކަދުރުކާންލިބެނީބަ