19 ރަށެއްގެ ލޭންޑް ޔޫޒް ޕްލޭން ފާސްކޮށްފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގައި ވާހަކަދައްކަވަމުން އަފްޝަން ވިދާޅުވީ މިހާތަނަށް 68 ރަށެއްގެ ކައުންސިލަކުން ލޭންޑު ޔޫސް ޕްލޭން ހުށައަޅާފައިވާކަމަށާއި، އޭގެ ތެރެއިން 19 ލޭންޑު ޔޫސް ޕްލޭން ފާސްކޮށްފައިވާކަމަށެވެ.
އޭނާ ވިދާޅުވީ އެލްޖީއޭގެ ބަޖެޓުގައި ހިމެނިގެން ލޭންޑު ޔޫސް ޕްލޭން ހެދުމަށް ހަވާލުކުރެވުނު ހުރިހާ ރަށެއްގެ ފަންޑްސް މިހަރު އެކައުންސިލަކާ ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި ލޭންޑް ޔޫސްޕްލޭން ހަދާ ފަރާތަކާ ހަވާލުކުރެވި އެ މަސައްކަތް ދަނީ ޝެޑިއުލާ އެއްގޮތަށް ކުރެވެމުން އަންނަ ކަން ފާހަގަކުރެއްިއެވެ.
އަފްޝަން ވިދާޅުވީ ވީހާވެސް އަވަހަކަށް ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ހެދި ރަށްރަށުގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ބިންތަކުގެ އެންމެ ފުރިހަމަ ނަފާ ރައްޔިތުންނަށް އެންމެ ފައިދާވާނެގޮތަކަށް ކުރެވިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.