ހޮނިހިރު, އޭޕްރިލް 1, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ވެރިކަމުގެ ނާޖާއިޒް ފާއިދާ ނަގަނީ ވެރިންނެވެ

އަބްދުﷲ ޖަޒްލާން ލިޔުނީ: އަބްދުﷲ ޖަޒްލާން
އޯގަސްޓް 21, 2022
ރިޕޯޓް
1
ވެރިކަމުގެ ނާޖާއިޒް ފާއިދާ ނަގަނީ ވެރިންނެވެ

ގައުމެއްގެ ސިޔާސަތު ބަލަހައްޓައި ރައްކާތެރިކުރުމަށްޓަކައި ގައުމެއްގެ ރިޔާސީ މިސްރާބު ސީދާ މަގުން ކުރިއަށްގެންދިއުމަކީ ކޮންމެ ވެރިއެއްގެ ވެސް ވާޖިބެކެވެ. އެގޮތުން އެތަނެއްގައި ހިނގާ ފާސިދު އަމަލުތައް ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އަމިއްލަ މަސްލަޙަތަށް ބެލުމެއްނެތި އިންސާފުން ކަންތައް ކުރެއްވުމުގެ ބާރު ވެރިއެއްގެގައިގަ ނެތިއްޖެނަމަ ކަންވާނެ ގޮތް މިއަދު މިރާއްޖެއިން މިދަނީ ފެންނަމުންނެވެ.

އަޅުގަނޑުމެން އަބަދުވެސް ދައްކަމުން އައި ވާހަކައަކީ އިންސާފާއި ހައްގުތަކުގެ ވާހަކައެވެ. ނަމަވެސް މިއަދު ހައްގަށް ވަކާލާތު ކުރަނީ މަދު ބަޔަކެވެ. އެމީހަކު ތާއީދުކުރާ މީހެއްގެ ފަސްބައިގައި ހިފައިގެން ކުރިއަށްދަނީ އެތަކެއް ލައްތަކެއް ހުއްޓަސް ނުފެންކަމަށް ހަދައިގެން ކިލަނބުވެފައިވާ ހާލު ސާފުކަމަށް ނިންމައިގެންނެވެ. ޒުވާން ޖީލެއް ފަނާވެ ނެތިގެން ދާއިރު މުޖްތަމައުގެ މަތިފަޑި އެއްކޮށް ކަހަލަގޮތަކަށް މިވަނީ ރިޝްވަތާއި، ރިބާ އާއި ރަލާއި އަދި މިނޫންވެސް އެތަކެއް ނުބައި ކަމެއްގެ ޝިކާރައަކަށްވެފައެވެ. ހިތާމައަކީ ގައުމުގައި ހިނގާ ކަންކަން ހުރިހާ ރައްޔިތުންނަށް ސާފުކޮށް އެނގިހާމަވާ ފަދައިން، އެކަމުގައި ވެރިން އަދަބާއި އިންސާފު އެއްކިބާކޮށް ހިތުހުރި ގޮތަކަށް ކަންތައް ކުރައްވާތަން ވެސް ރައްޔިތުންނަށް ފެންނާތީއެވެ. ބަހުގެ މިނިވަންކަންވެސް ދެމި އޮންނަނީ ވެރިންގެ ރުހުން ދެމިއޮންނަ މިންގަނޑަށެވެ. ވަކި ވާހަކަތަކެއް ދެއްކޭކަށެއްނެތެވެ. ތަރައްގީގެ ނަމުގައި ބިޔަ ދަރަނިތައް ނަގައި ގައުމުގެ އިގްސިތާދު މިވަނީ އެތައްގުނައެއް ދަށަށްވެއްޓިފައެވެ. މި ދަރަނިތައް ދައްކަން މިޖެހެނީ ނިކަމެތި ރައްޔިތު މީހާގެ ހަލާލު އާމްދަނީގެ ދެބައިކުޅައެއްބައިންނެވެ. އެއަށް ޓެކްސް ނުވަތަ ޖޫރިމަނާ އޭ ވެސް ކީދާނެއެވެ.

ނުހައްގުން އެތަކެއް މުއްސަނދިންނެއްގެ ދަރިންނަށާއި އާއިލީ ގުޅުން އޮންނަ ފަރާތްތަކަށް މި ސަރުކާރުގައި އަންނަނީ ބޮޑެތި ޙަރަދުތައް ކުރެވެމުންނެވެ. ކަނޑައެޅޭ ހައްގު މިންވަރަށްވުރެ އިތުރަށް ދެވޭ އެންމެ ފައިސާ ފޮއްޗަކީ ވެސް އެހެން މީހެއްގެ ހައްގުން ނިގުޅައިގަނެވޭ އާމްދަނީއެކެވެ. މިގައުމު މިހާލަތަށް އަންނަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ ދިނީ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ދިމާވެފައިވާ ހާލަތްތަކެވެ. ދީންވެސް މިވަނީ ސިޔާސީ އައްޑަނައަކަށް ބަދަލުވެ ވެރިން ރުއްސަން ގެންގުޅޭ ސިޔާސީ ކުޅިވަރަކަށް ހަދާފައެވެ. ހަރާމް ހަލާލް ކަނޑައެޅުމުގައި ފަސްޖެހުމެއްނެތި ދީނުގެ ރުކުންތައް މުގުރާލައި އެކަކު އަނެކަކު ބަލަނީ އިލްޒާމްތައް އެޅުވޭތޯއެވެ. ފާޅުގައި ލޯކުރިމަތީ ބޮޑެތި މުންކަރާތްތަކަށް އަރައިގަނެ އެފަދަ މަންޒަރު މުޖްތަމައު ތެރޭގައި ދުވަހަކުވެސް އާއްމުނުވާ ވަރަށް މިއަދު މިވަނީ އާއްމުވެފައެވެ. ހިތާމައަކީ މިކަންކަމުގެ އެންމެ އިސް ސަފުގައި ތިބީ ގައުމުގެ ދިފާއި ބާރާއި ނުފޫޒު ގަދަ ފަރާތްތަކާއި ގާނޫނު ނަގަހައްޓަން ތިބި ފަނޑިޔާރުންނާއި، ސުކޫލްތަކުގެ މުދައްރިސުންނާއި އަދި ސަރުކާރުގެ އެކި އެކި ޒިންމާތައް އަދާކުރަން ތިއްބެވި ފަރާތްތަކާއި އެފަދަ ފަރާތްތަކާއި ގުޅުންހުރި ފަރާތްތަކެވެ. ހިތާމައަކީ ލޯ ކުރިމައްޗަށް ފެންނަން ހުންނަ ކަންކަމުގައިވެސް ފިޔަވަޅުތައް ނޭޅި އެކަމުން އެފަދަ ފަރާތްތައް ބަރީއަތްވާތީއެވެ. ސަދޫމް ރަމްޒުކޮށްދޭ ތަނަކަށް ސައްތައިން ސައްތަ މުސްލިމް ގައުމެއް ވެދިއުމަކީ ނުހަނު ހިތާމަ ހުރި ކަމެކެވެ. މިފަދަ މުންކަރާތްތަކާއި ދެކޮޅަށް ބަސްބުނާ މީހުންނާއި އެއްވަރަށް މިކަމުން ލިބޭ އަދަބުތައް ކުޑަކުރަން ވަކާލާތުކުރާ މީހުން މިއަދު މިގައުމުގައި ގިނައެވެ.

އެކެއްގެ ހައްގަށް އަރައިގަންނަ މީހާގެ ހައްގުތައް ހޯދަންކުރާ މަސައްކަތްތަކުގެ ސަބަބުން އިންސާފަށް ރައްޔިތުން ކުރާ އިތުބާރުކު މިވަނީ ކުޑަވެފައެވެ. ގަހަކުން މުރަނގަފަތެއް ވަގަށް ބިންމީހަކު ހޯދަން ކުރާ މަސައްކަތް ހުރިހާ މަރުހަލާއެއްގައި ކުރާނަމަ ހަމަ ހަމަ ކަން ފެންނަން އޮންނާނެއެވެ. ގައުމުގެ ރައީސަށް ޒިނޭގެ ތުހުމަތުތައް ކުރެވުނު އަޑުވެސް އަޅުގަނޑުމެން މިވަނީ އައްސަވަފާއެވެ. ނަމަވެސް އެންމެ ފަހުން އެ ތުހުމަތުތައް ވެސް ބަދަލުވީ މަޖާޒީ މާނައެއް އެކުލެވޭ ސަމާސާއަކަށެވެ. ނަމަވެސް މިފަދަ ވާހަކަތަކުގައި ވަނީ ކިހާ ބުރަދަނެއް ކަމެއް ބުނެދޭން އަޅުގަނޑުމެންނަށް ނޭނގުނެއްކަމަކު މިކަންވެސް އެނގި ހާމަވާނެ ދުވަހެއް އަންނާނެކަން ޔަގީނެކެވެ.

ހިތާމައަކީ މިފަދަ މީހުން މަގާމުންތަކައް އައްޔަން ކުރުމަށްޓަކައި ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ރައްޔިތުން އަދިވެސް ތިބީމައެވެ. ހަގީގަތަކީ ކޮބައިކަން ބަލާލަން ބޭނުންނުވާ ޙާލު އެފަދަ ފަރާތްތަކުގެ ހައްގުގައި މަސައްކަތްކުރާތީއެވެ. އަޑެއް ކީއާމުން ރެނދެއްލާނެކަމީ ޝައްކެއް ވެސް އޮތްކަމެއް ނޫނެވެ. ގައުމު މިހާރު މިއޮތީ ހުރިހާ ގޮތަކުންވެސް އިނދަޖެހެން ގާތްވެފައެވެ. ޝޭޚުންގެ ތެރެއިން ހައްގަށް ބަސްބުނާ ބޭފުޅުންނަށް މިއަދު މިވަނީ ހައްދުފަހަނައަޅައި ގޮސްފައިވާ ބައެއްގެ ދަރަޖަދީފައެވެ. އަވަށްޓެރި ގައުމްތަކުގެ ނުފޫޒުން ހިނގަންނުޖެހޭ އެތަކެއް ކަމެއް މިއަދު މިދަނީ މިގައުމުން ފެނިގެންންނެވެ.

މިއީ މިއަދު މިގައުމުގެ ވެރިންގެ ފެންވަރެވެ. އެބޭފުޅުންގެ ވަރުން ގައުމު ހިންގޭ ގޮތެވެ. މިކަމުން މިގައުމަށް އަންނާނެ އިންގިލާބު އިންތިހާވެސް ގޯސްވާނެ ކަމީ އަޅުގަނޑުމެން ދަންނަންޖެހޭނެ ބޮޑު ހަގީގަތެކެވެ.

ގުޅުންހުރި ލިޔުންތައް

ފުރަތަމަ އިގުތިސާދު، އޭގެ ފަހުން ސިޔާސީ ބޭފުޅުން ސިޔާސީ ކުޅި ޖައްސަވާ!

ފުރަތަމަ އިގުތިސާދު، އޭގެ ފަހުން ސިޔާސީ ބޭފުޅުން ސިޔާސީ ކުޅި ޖައްސަވާ!

މާރޗް 13, 2023
އިންޑިއާގެ އަނިޔާ: ސަމަދު ބެއަކީ ޓެރަރިސްޓެއްނޫން! އެއީ ޙުއްބުލް ވަޠަނުން ފުރިފައިވާ ބަޠަލެއް

އިންޑިއާގެ އަނިޔާ: ސަމަދު ބެއަކީ ޓެރަރިސްޓެއްނޫން! އެއީ ޙުއްބުލް ވަޠަނުން ފުރިފައިވާ ބަޠަލެއް

ފެބްރުއަރީ 28, 2023
ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުންނަށް ރައީސް ދޫކޮށްލެއްވީ ބޮޑު ސުވާލެއް

ޝަހީދުންގެ ދުވަހުގެ އިރު އޮއްސިއްޖެ: ވަލިއްޔުލްޢަމްރުގެ ޝުޢޫރެއް، އިލްތިމާސެއް ނެތް

ފެބްރުއަރީ 21, 2023
މިފަހަރު ކުރިމަތިމިލަނީ ދިވެހި އިސްލާމީ ވެރިކަމެއް ކުރުމުގެ ނިޔަތުގައި: ނަޝީދު

ފިކުރެއްގެ ނިމުން

ފެބްރުއަރީ 14, 2023

Comments 1

  1. Hiyalakamana says:
    6 months ago

    Raees meehaain feshigen sarukaaruge hurihaa muahsasaa ehga thibee laa dheenee meehun neve. ahenveema dhen mithanuga farhuraanee laadheeniyyathu

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    0 shares
    Share 0 Tweet 0
  • ހަޤީޤީ ހާދިސާ: ދެމަފިރިންގެ ދާނުގައި އޮތް ޖިންނި ހަރުފަ

    0 shares
    Share 0 Tweet 0
  • ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރަން މިރޭ ހަވާއަރުވަނީ

    0 shares
    Share 0 Tweet 0
  • ރެސިޕީ: ފެރާރޯ ޗީޒް ކޭކް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In