ކުޑަ ކުދިން ކެއުމުގައި ބޭނުންކުރާ ކާނާ އަކީ ސިއްޙަަތަށް ފައިދާ ހުރި ކެއުމަކަށް ކޮންމެހެން ވެސް ހަދަން ޖެހެއެވެ.
ނަމަވެސް ގިނަ ބެލެނިވެރިންގެ ޝަކުވާ އަކީ ކުދިން ސިއްޙަތަށް ފައިދާ ހުރި ކެއުމުގެ ބަދަލުގައި ގެއްލުންވާ ކާނާ އަށް ޝައުގުވެރިވާ ވާހަކައެވެ. މި ކަމަކީ ކުޑަ އިރުން ފެށިގެން ކުދިންއަށް ހާނުވާން ޖެހޭ ކަމެކެވެ.
އެންމެ ފުރަތަމަ ކަމަކަށް ކުއްޖާ ނަމޫނާ އަކަށް ބަލާ ކުއްޖާގެ މައިންބަފައިން އަކީ ސިއްޙަތަށް ފައިދާ ހުރި ކާނާ ބޭނުން ކުރާ ބަޔަކަށް ވާން ޖެހެއެވެ. އެކުދިން ކޮޕީ ކުރާނީ ބެލެނިވެރިން އުޅޭ ގޮތެވެ.
އެންމެ ކުޑައިރުން ފެށިގެން ކުއްޖާއަށް މޭވާއާއި ތަރުކާރީން ލިބޭ ފައިދާތަށް ކިޔައި ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ކުދިން ކާހިތްވާ ކަހަލަ ބައްޓަމަކަށް ކޮށާފައި ދެވިދާނެއެވެ.
މީގެ އިތުރުން ކޮންމެ ކާ ގަޑިއެއްގެ ދެމެދުގައި މޭވާ ދޭ ނަމަ ކުއްޖާ މޭވާއަށް ހޭނެ އެވެ. އަދި އާ މޭޭވާގެ އަޖުމަ ބަލަ އެވެ. ތަރުކާރީގައި ވެސް އޮތީ މި ގޮތެވެ. ވީހާވެސް ގިނަ ތަކުރާރީ ދޭ ނަމަ ކުއްޖާ އެއަށް ހޭނެއެވެ.
ކުދިން ކެއުމާ ދުރުވާ އެންމެ ބޮޑު އެއް ސަބަބަކީ ބެލެނިވެރިން މަޖުބޫރު ކުރުމެވެ. މިކަމުގެ ސަބަބުން ކުދިން ކެއުމާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެ އެވެ. ގަދަކަމުން ކާންދޭ ނަމަ ބަނޑުހައިވުމުގެ އިހުސާސް އަދި ކާންވީ ކިހާ މިންވަރެއްކަން ކުއްޖާއަށް ދެނެގަންނަން އުނދަގޫވެ އެވެ.