ދިވެހިންގެ ތެރޭގައި މަގުބޫލު ކަމެއް ހޯދައިފާވާ ކުރުނބާ އަކީ އޭގެން ގިނަ ގުނަ ފައިދާއެއް ލިއްބައިދޭ އެއްޗެކެވެ.
ކުރުނބާ ފެނަކީ މީގެ އެތައް ގަރުނެއް ކުރިން ބޭސްވެރިކަމަށް ވެސް ބޭނުން ކުރަމުން އައި އެއްޗެކެވެ. އެގޮތުން ހަޖަމް ކުރުމުގެ ނިޒާމާއި ދަރިފަނި އިތުރު ކުރުމަށް ވެސް ކުރުނބާ ފެން ބޭނުން ކޮށް އުޅެއެވެ.
ޕޮޓޭސިއަމް، ފައިބާ އަދި ޕްރޮޓީންސް ފަދަ ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް މުއްސަނދި މި ބުއިމަކީ ކެލޮރީސް މަދު ހަށިގަނޑުގައި ވަރު ޖައްސައިދޭ ބުއިމެކެވެ. އެހެންކަމުން ކުރުނބާ ފެން ބޮއިފިނަމަ ކެއުން މަދުކޮށް ގިނައިރު ގައިގައި ވަރު ހުންނާނެ އެވެ. ނަތީޖާއެއްގެ ގޮތުން ބަރުދަން ލުއިކޮށްލަން ވެސް ކުރުނބާ ފެން މުހިއްމު ރޯލެއް އަދާކުރެއެވެ.
މީގެ އިތުރުން ހަންގަނޑުގެ ރީތިކަމަށް ވެސް މުހިއްމު ރޯލެއް އަދާ ކުރެއެވެ. އެގޮތުން ކޮޓަން ފޮތިކޮޅަކުން ކުރުބާފެން ގައިގައި އުނގުޅާށެވެ. ކުރުނބާފެން ހަންގަނޑުގައި އުނގުޅާ ނަމަ ހަންގަނޑުގައި ހުންނަ ލޯވަޅުތަށް ހުޅުވި ހަންގަނޑަށް ތާޒާކަން ލިބިގެންދެ އެވެ.