ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ފަލަވާ ކަމަށް ބުނެ އާއްމުން އޭނާ އަށާއި ފިރިމީހާ ރަންބީރު ކަޕޫރަށް މަލާމާތް ކޮށްފި އެވެ.
އާއްމުން ވަނީ އާލިއާ އަކީ އަބަދުވެސް ފަލަ މީހެއް ކަމަށާއި އާލިއާ ކުރިން ހުރި ސިފައަށް އެނބުރި ދާނެ ކަމަށް ބުނެ ރަންބީރުއަށް މަލާމަތް ކޮށްފައެވެ.
ނަމަވެސް އާލިއާގެ ދިފާއުގައި ވަނީ ކަރީނާ ކަޕޫރުއާއި މަލައިކާ އަރޯރާ ފަދަ ފަންނާނުން ނުކުމެފައެވެ. އަދި މައިބަނޑު އަންހެނަކާ ދިމާ އެކަހަލަ ވާހަކަ ދައްކައިގެން ނުވާނެ ކަމަށާއި މައިބަނޑުވުމުން ހަށިގަނޑަށް ބަދަލު އަންނާނެ ކަމަށް ވެސް އެ ފަންނާނުން ވަނީ ހާމަކޮށްފައެވެ.
އައިޝްވާރިޔާ، ކަރީނާ އަދި ސޯނަމް އަށް ވެސް މައިބަނޑު ވުމުން އާއްމުންގެ ފާޑު ކިޔުމާއި މަލާމަތް ރައްދު ވެފައި ވާކަމަށް ވެސް އެ ފަންނާނުން ވަނީ ހާމަކޮށްފައެވެ. އާއްމުންގެ ވާހަކައަށް ސަމާލުކަން ނުދީ ރަނގަޅަށް ކެއުމަށް ވެސް ކަރިނާ ވަނީ ނަސޭޙަތް ތެރިވެފައެވެ.
މައިބަނޑު މީ ރަގަޅު ލަފްޒެއް ނޫނެވެ. ރަގަޅު ގޮތަކީ މާބަނޑު އެވެ.
ރަގަޅު ކޮށްލާށެވެ.