ބޮލީވުޑްގައި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ބަތަލް ސިދާތް މަލްހޯތުރާ އާއި ކިއާރާ އަދްވާނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ސިދާތު ހާމަކޮށްފިއެވެ.
ކޮފީ ވިތް ކަރަން ގައި ކަރަން ކުރި ސުވާލަކަށް ޖަވާބު ދެމުން ސިދާތު ވަނީ އެ ދެފަންނާނުންގެ ފުރަތަމަ ފިލްމް ”ޝޭރްޝާހް“ ގެ ޝޫޓިންގެ ތެރެއިން ފެނި ގުޅިގެން އުޅޭ ކަމަށެވެ.
މީގެ ކުރިން މި ދެފަންނާނުންގެ ގުޅުމުގެ ވާހަކަ މީޑިއާގައި ހިއްސާކޮށްފައި ނުވި ނަމަވެސް ދެމީހުން އެކަކު އަނެކަކުގެ ގެއަށް ގޮސް އެކީގައި ޗުއްޓީ ހޭދަކުރާ ފޮޓޯ ތައް ވަނީ މީޑިއާގައި އާއްމު ވެފައެވެ. ރަސްމީކޮށް ސިދާތު މި ކުދިންގެ ގުޅުން އާއްމު ކުރުމާއި އެކު ގިނަ ސަޕޯޓަރުން ދަނީ މަރުޙަބާ ކިޔަމުންނެވެ.
މީޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި މި ދެފަންނާނުން ކައިވެނި ވެސް ނެގޭ އަހަރު ތެރޭ ކުރާނެ ކަމަށެވެ. މި ދެފަންނާނުންގެ އިތުރު ފިލްމެއްގެ ޝޫޓިން ފަށާނެ ކަމަށް ވެސް މީޑިއާ ތަކުން ވަނީ ހާމަކޮށްފައެވެ.