އިންޑިއާގެ ސޯޝަލް މީޑިއާގައި އެކްޓިވް ތަރި އުރްފީ ޖާވިދު އަކީ އޭނާގެ ހެދުން އެޅުމުގެ ގޮތުން އާއްމުން އާޝޯހު ކޮށްލާ ތަރިއެކެވެ.
އުރްފީ އަކީ ސްޓާ ޕްލަސް އިން ދެއްކި ”މޭރީ ދުރްގާ“ އާއި ”ޗަންދުރަ ނަންދިނީ“ އަދި ”ބޭޕަނާ“ ކަހަލަ ޑްރާމާތަކުން ފެނުނު ޓީވީ ތަރިއެކެވެ. ނަމަވެސް އޭނާގެ ނަން އެންމެ ބޮޑަށް މަޝްހޫރުވެގެން ގޮސްފައިވަނީ މިދިޔަ އަހަރު ”ބިގްބޮސް އޯޓީޓީ“ގައި ބައިވެރިވި ފަހުންނެވެ.
އުރްފީ ހާމަކޮށްފައިވާ ގޮތުގައި އޭނާ އަބަދުވެސް އެކި ގޮތް ގޮތަށް ހެދުން އަޅާ ހިތްވާ ކަމަށެވެ. ނަމަވެސް އޭނާގެ ބެެލެނިވެރި އެކަމަށް ނުގަބޫލު ވުމުން ގެއިން ފިލައިގެން ގޮސް އޭނާ ފިލްމީ ދާއިރާގައި ލިބުން ފުރުސަތުގެ ބޭނުން ހިފީ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
އޭނާގެ ހެދުން އެޅުމުގެ ސްޓައިލް ސޯޝަލް މީޑިއާގައި ވައިރަލް ވުމާއި އެކު ހޮލީވިޑްގެ މަސްޙޫރު ފެޝަން ޑިޒައިނާސް ވެސް ވަނީ އޭނާއެކު މަސެއްކަތް ކުރުމަށް ޝައުޤުވެރިވާ ވާހަކަ ހާމަކޮށްފައެވެ. އުރްފީ ހާމަކޮށްފައިވާ ގޮތުގައި އޭނާއަށް ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން އެއްލަކަ އިންޑިއަން ރުޕީސް އާއި ގާތް ކޮށް އާމްދަނީ ލިބޭ ކަމަށެވެ.